މާލެ: 31°C

ކެޓެރީނާ ބޮޑަށް ކުޅޭހިތް ވަނީ ނުބައި ރޯލު!

January 20, 2024
3 ފަހަރު ބަލާފައި
ކެޓެރީނާ ބޮޑަށް ކުޅޭހިތް ވަނީ ނުބައި ރޯލު!
ކެޓެރީނާ ބޮޑަށް ކުޅޭހިތް ވަނީ ނުބައި ރޯލު!
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ބުނަނީ އޭނާ އެންމެ ކުޅޭހިތްވަނީ ފިލްމްތަކުގެ ނުބައި ރޯލު ކަމަށެވެ. ކެޓްރީނާ ބުނީ، ފިލްމް ތަކުގައި ކުޅޭ ރޯލުގެ ސަބަބުން ގިނަ ބެލުންތެރިން އެއީ އަމިއްލަ ދިރިއުޅުމުގައި ވެސް އުޅޭ ގޮތްކަމަށް ގަބޫލުކޮށް ޖަޖް ކޮށްލާ ކަމަށެވެ. މިހާތަނަށް ގިނަ ފިލްމް ތަކުގެ އެކި ކެރެކްޓާ ތަކުން ފެނިގެން ގޮސްފައިވާ ކެޓްރީނާ ނުބައި ރޯލު ކުޅެން އޭނާ ބޭނުންވާ ސަބަބު ވެސް ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކެޓްރީނާ ބުނީ ބެލުން ތެރިންނަށް އެއީ އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައި ހުންނަ ގޮތްނޫން ކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ. އެންމެ ފަހުން ނެރެފައިވަނީ އޭނާގެ "މެރީ ކްރިސްމަސް " ނަމަކަށް ކިޔާ ފިލްމެކެވެ. ގިނަ ބެލުންތެރިންގެ ތަރުހީބު ކްޓްރީނާ އަށް ލިބިފައިވާ އިރު އޭނާ ބުނީ އޭގައި ކުޅެފައިވާ ރޯލަކީ އޭނާ ކުޅެން ވަރަށް ފޯރި ހުންނަ ރޯލެއް ކަމަށެވެ. އެގޮތުން ނުބައި ރޯލު ކުޅެން ވަރަށް ލޯބި ކުރާ ކަމަށާއި، ނަމަވެސް ފިލްމާ އެއްގޮތަށް ބެލުންތެރިން ޖަޖުކުރުމަކީ ވަރަށް ދެރަކަމެއްކަމަށެވެ. މީގެ އިތުރުން ކެޓްރީނާ ވަނީ އޭނާ އެކަހަލަ މީހެއްގެ ގޮތުގައި ބެލުންތެރިން ދެކެން ބޭނުންވޭތޯ ވެސް ސުވާލު ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ