"ކަހޯނާ ޕިޔާރުހޭ" ދޫކޮށްލި ސަބަބު ކަރީނާ ކިޔާދީފި

"ކަހޯނާ ޕިޔާރުހޭ" ދޫކޮށްލި ސަބަބު ކަރީނާ ކިޔާދީފި
ލިޔުން:
2000 ވަނަ އަހަރު ރިލީޒްކުރި "ކަހޯނާ ޕިޔާރް ހޭ" ކުޅެން ލިބުން ފުރުސަތު ދޫކޮށްލީ ކީއްވެކަން ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރް ހާން ކިޔައިދީފި އެވެ.
ހަމަަ އެ އަހަރުގެ ޖޫން މަހު ރިލީޒްކުރި "ރެފިއުޖީ" އިން އަބިޝެކް ބައްޗަން އާއި އެކު ބޮލީވުޑަށް ތައާރަފްވި ކަރީނާ އަށް ވަނީ ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމް "ކަހޯނާ ޕިޔާރް ހޭ" އިން ހަ މަސް ކުރިން އެ އިންޑަސްޓްރީއަށް ނިކުތުމުގެ ފުރުސަތު ލިބިފައެވެ. ނަމަވެސް އޭނާ އެ ފުރުސަތު އިންކާރު ކުރުމުން، އެ ފިލްމުގައި ރިތިކް އާއިއެކު ފެނިގެން ގޮސްފައިވަނީ އަމީޝާ ޕަޓޭލް އެވެ.
ރިޕޯތްތައް ބުނާ ގޮތުގައި ރިތިކް އާއި އެކު ކެރިއަރު ސްޓާޓް ނުކުރެވުނީތީ، އެކަމާ މިހާރު ކަރީނާ ހިތާމަކުރެއެވެ. އެގޮތުން ކަރީނާ ވަނީ ކުރީގެ ފިލްމްފެއާރ އިންޓަވިއުއެއްގައި އެ ޕްރޮޖެކްޓް ދޫކޮށްލީ ކީއްވެކަން ހިއްސާކޮށްފައެވެ.
ކަރީނާ ބުނީ އޭނާ އެ ފިލްމުގެ ސަބަބުން ތަރިއަކަށް ވެގެން ދާނެކަން ޔަގީންވި ނަމަވެސް، ބަތަލާއެއްގެ ގޮތުގައި މަޝްހޫރުވާން އޭނާ ބޭނުންވުމުން ފިލްމް ދޫކޮށްލެވުނީތީ އުފާކުރާ ކަމަށެވެ.
ރާކޭޝް ރޯޝަން ޑައިރެކްކުރި "ކަހޯނާ ޕިޔާރް ހޭ" އަަކީ އޭނާގެ ފިރިހެން ދަރިފުޅު ރިތިކް ރޯޝަން އަށް ހާއްސަކޮށް ހަދާފައިވާ ފިލްމެކެވެ.
"އެ ފިލްމުގައި ރިތިކް ފެނިގެންދިޔަ ކޮންމެ ސީންއަކީ ހުވަފެނެއް ފަދަ ސީން ތަކެއް." ކަރީނާ ބުންޏެވެ.
ކަރީނާ ބުނި ގޮތުގައި އޭނާއަށް އެ ފިލްމް އިން ރަނގަޅު ޑީލްއެއް ލިބުނު ނަމަވެސް އެ ފިލްމް ދޫކޮށްލަން ބޭނުންވި އަނެއް ސަބަބަކީ، ރިތިކް އަށް ވުރެ ބޮޑަށް ބެެނުންތެރިންގެ ސަމާލުކަން އޭނާ އަށް ލިބިދާނެތީއެވެ.
ކަރީނާ ކަޕޫރު ހާން ދެން އެންމެ އަވަހަށް ލީޑް ރޯލުން ފެނިގެންދާނީ ތަބޫ އާއި ކްރިތީ ސަނޯން އެކު "ދަ ކްރޫ" އިންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރިއާ ކަޕޫރާއި އެކްތާ ކަޕޫރެވެ. އަދި ސުޖޯއީ ގޯޝްގެ "ދަ ޑިވޮޝަން އޮފް ސަސްޕެކްޓް އެކްސް" އިން ވެސް ކަރީނާ ފެނިގެންދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
