މާލެ: 31°C

ކޭ-ޕޮޕް ތަރި މޫންބިން މަރުވެއްޖެ

April 20, 2023
2 ފަހަރު ބަލާފައި
ކޭ-ޕޮޕް ތަރި މޫންބިން މަރުވެއްޖެ
ކޭ-ޕޮޕް ތަރި މޫންބިން މަރުވެއްޖެ
ދެކުނު ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕްތަރި މޫންބިން މަރުވެއްޖެއެވެ. އެގައުމުގެ ފުލުހުންނާ ހަވާލާދީ ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯލްގައި ހުންނަ އޭނާގެ އެޕާޓްމަންޓުން ބުދަ ދުވަހުގެ ރޭ އޭނާގެ ހަބަރެއް ނުވުމުން ބެލިއިރު އޮތީ މަރުވެފައެވެ. މަރުވިއިރު އޭނާގެ އުމުރުން 25 އަހަރެވެ. ފުލުހުން ބުނީ އޭނާ މަރުވި ސީދާ ސަބަބު ދެނެގަތުމަށް އޮޓޮޕްސީއެއް ހަދަމުން އަންނަ ކަމަށެވެ. މޫންބިން ވަނީ އުމުރުން 18 އަހަރުގައި 2016 ވަނަ އަހަރު މަޝްހޫރު ބޯއީ ބޭންޑް އެސްޓްރޯ އާއި ގުޅުމުގެ ކުރިން އެކްޓަރެއްގެ އިތުރުން މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ އެސްޓްރޯގެ އިތުރު މެމްބަރެއް ކަމަށްވާ ސަންހާ އާއިއެކު ޑޫއޯއެއްގައި ޕާފޯމް ކުރަމުންނެވެ. "މޫންބިން އެންޑް ސަންހާ"  އެންމެ ފަހުން ދެއްކި ޕާފޯމަންސް ވެސް އޮތީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ކޮރެއާގެ ބްރޯޑްކާސްޓަރު އެސްބީއެސް އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މޫންބިން ވަނީ އެންމެ ފަހު ކޮންސެޓަށް ފަހު ސަޕޯޓަރުންނަށް ބަސްކޮޅެއް އިއްވާފައެވެ. ""އަހަރެން ބޭނުންވަނީ އެއް ކަމަކަށް އިއުތިރާފުވާން، އަސްލު އަހަރެން މިއުޅެނީ ވަރަށް ދެރަވާތީ. ކޮންސެޓް ފެށުން ފަހުން ބައެއް މީހުންނަށް ފާހަގަ ކުރެވޭ ވަރަށް ގިނަ ނިޝާންތަކެއް ހުރެދާނެ، އެހެންވީމަ އެކަމަށް ވަރަށް ބޮޑަށް މާފައް އެދެން." މޫންބިން ބުންޏެވެ. ކޭޕޮޕް އަކީ ދިވެހި ޒުވާނުންގެ ތެރޭގައި ވެސް މަގުބޫލު މިއުޒިކެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ