މާލެ: 31°C

އިންޓަ ސްކޫލް ލަވަމުބާރާތުގެ ފަނޑިޔާރުން ހަމަޖައްސައިފި

June 9, 2023
2 ފަހަރު ބަލާފައި
އިންޓަ ސްކޫލް ލަވަމުބާރާތުގެ ފަނޑިޔާރުން ހަމަޖައްސައިފި
އިންޓަ ސްކޫލް ލަވަމުބާރާތުގެ ފަނޑިޔާރުން ހަމަޖައްސައިފި
މި އަހަރު ބާއްވަން ހަމަޖެހިފައިވާ ސުކޫލް ކުދިންގެ އިންޓާ ސްކޫލް ލަވަ މުބާރާތުގެ ފަނޑިޔާރުން ހޮވައިފިއެވެ.
8 އަހަރުގެ މެދުކެނޑުމަކަށް ފަހުމިއަހަރުގެ މުބާރާތް ގެނެސްދޭން ނިންމާފައި ވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެންސީއޭ ގުޅިގެންނެވެ.
މި ބުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ޖުމްލަ 7 ފަނޑިޔާރުން ހިމެނެއެވެ. އެއީ:
  • ކާނަލް ޢަލީ މަނިކު (ދާރި)
  • އާދަމް ނަޞީރު އިބްރާހީމް
  • ޝިފާ ތަޢުފީޤު
  • މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
  • މަރްޔަމް އުނޫޘާ (ކިޑީ ދައްތަ)
  • މުޙައްމަދު ޝުހައިލް
  • ފާޠިމަތު ފެޒްލީން އެވެ.
މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި މަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11އަށް ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ. އިންޓަރ ސްކޫލް ލަވަ މުބާރާތް ޕީއެސްއެމްގެ ”ޔެސް ޓީވީ“ މެދުވެރިކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ