އިންޑިއާ ޕާކިސްތާނުގެ އޮލިމްޕިކްސް ގަދަހިފުން އޮލިމްޕިކްސްގެ ރެކޯޑަކާއެކު ކާމިޔާބުކުރީ ޕާކިސްތާނުން

އިންޑިއާ ޕާކިސްތާނުގެ އޮލިމްޕިކްސް ގަދަހިފުން އޮލިމްޕިކްސްގެ ރެކޯޑަކާއެކު ކާމިޔާބުކުރީ ޕާކިސްތާނުން
ލިޔުން:
ފްރާންސް ގައި ކުރިއަށްދާ ހޫނު މޫސުމުގެ އޮލިމްޕިކްސް ޖެވެލިން އުކުމުގެ އިވެންޓުން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ނީރަޖް ޗޯޕްރާ އާއި ޕާކިސްތާނުގެ އަރްޝަދު އާ ދެމެދު ބޭއްވި ފައިނަލުގައި އޮލިމްޕިކްސްގެ އައު ރެކޯޑަކާއެކު އެ މުބާރާތުގެ ރަންމެޑަލް ހޯދީ ޕާކިސްތާނުގެ އަރުޝަދު ނަދީމު އެވެ.
އިންޑިއާއިން މިފަހަރުގެ އޮލިމްޕިކްސް ގައި އެގައުމަށް ރަންމެޑަލް ހޯދައިދޭނެކަމަށް އެއްމެބޮޑަށް އުންމީދު ކުރި އެއް އެތުލީޓަކީ އެ ގައުމުގެ ޖެވެލިންގ އުކުންތެރިޔާ ނީރަޖު ޗޯޕްރާއެވެ. ނަމަވެސް ފައިނަލް އިވެންޓް ގައި ނީރަޖް ޗޯޕްރާއަށް އެއްލުނީ 89.45 މީޓަރަށެވެ. ނަމަވެސް ޕާކިސްތާނުގެ އަރުޝަދު ނަދީމު 92.97 މީޓަރަށް އެއްލައިގެން ވަނީ އޮލިމްޕިކްސްގެ އައު ރެކޯޑެއް ގާއިމްކޮށް އިންޑިއާގެ މައްޗަށް ކުރި ހޯދާފައެވެ.
މިފަހަރުގެ އޮލިމްޕިކްސް ގައި ރަންމެޑަލް ހޯދާނެކަމަށް ދެން އެއްމެ ބޮޑަށް އިންޑިއާއިން އުންމީދުކުރި އެތްލީޓަކީ އެގައުމުގެ އުންމީދީ ރެސްލަރު ވިނޭޝް ޕޮގަޓް އެވެ. 50 ކިލޯގެ ފްރީ ރެސްލިންގ ފައިނަލަށް އޭނާ ދިޔަ ނަމަވެސް ފައިނަލުގެ ކުޑަވަގުކޮޅެއްކުރިން ވިނޭޝް ޕޮގަޓް ގެ ހަށިގަނޑު 100 ގްރާމު ބަރުވުމުން އެ އިވެންޓުން އޭނާ ވަނީ ޑިސްކޮލިފައިކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
