މާލެ: 31°C

އިންޑިއާގެ މަޖިލިސް (ލޯކްސަބާ) އިންތިހާބުގައި ވާދަކުރާ ބޮލީވްޑްގެ ތަރިން

May 13, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ މަޖިލިސް (ލޯކްސަބާ) އިންތިހާބުގައި ވާދަކުރާ ބޮލީވްޑްގެ ތަރިން
އިންޑިއާގެ މަޖިލިސް (ލޯކްސަބާ) އިންތިހާބުގައި ވާދަކުރާ ބޮލީވްޑްގެ ތަރިން
އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 7 ފިޔަވައްސަކަށް ބަހާލައިގެން އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ (ލޯކްސަބާ) 543 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެއެވެ. އަދި މި އިންތިޙާބުގެ ނަތީޖާ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ބެލެވޭއިރު މި އިންތިހާބަކީ ގިނަ އަދަދަކަށް ބޮލީވުޑްގެ ފަންނާނުން ވާދަކުރާ އިންތިޙާބެއްކަން ފާހަގަކުރެވެއެވެ. ލޯކް ސަބާ އިންތިހާބަށް ވާދަކުރާ ބޮލީވުޑްތަރިންނަކީ.. ކަންގަނާ ރަނާވަތު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ބީޖޭޕީއާ ގުޅިގެން އިންތިހާބުގައި ވާދަކުރާނީ އޭނާގެ އުފަން ރަށް ހިމާޗަލް ޕްރަދޭޝްގެ މަންޑީއިންނެވެ. އަަރޫން ގޯވިލް ރަމަނާދު ސަގަރްގެ ރާމާޔަންގައި ރާމްގެ ރޯލުން މަޝްހޫރު އަރޫން ގޯވިލް 2024 ވަނަ އަހަރުގެ ލޯކް ސަބާ އިންތިހާބުގައި ވާދަކުރާނީ ބީޖޭޕީގެ ޓިކެޓުގައި އުއްތަރަ ޕްރަދޭޝްގެ މީރަތު ދާއިރާއަށެވެ. ރަވީ ކިޝަން ރަވީ ކިޝަން ބީޖޭޕީގެ ޓިކެޓްގައި ލޯކް ސަބާ އިންތިހާބަށް ވާދަކުރަނީ އުއްތަރަ ޕްރަދޭޝްގެ ގޯރަކްޕޫރު ދާއިރާއަށެވެ. ހެމާ މާލިނީ މަޝްހޫރު ބަތަލާ ހެމާ މާލިނީ ވާދަކުރަނ|ީ ބީޖޭޕީގެ ޓިކެޓް މަތުރާ  ދާއިރާއަށެވެ. މަނޯޖް ތިވާރީ މަނޯޖް ތިވާރީ ވާދަކުރައްވާނީ ބީޖޭޕީގެ ޓިކެޓުގައި އިރުއުތުރު ދިއްލީއަށެވެ. އޭނާ އަކީ 2014 ވަނަ އަހަރުން ފެށިގެން އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަތަރްގަން ސިންހާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ ޓްރިނަމޫލް ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރަނީ ވެސްޓް ބެންގާލްގެ އާސަންސޯލް އަށެވެ. ނިރަހުއާ ނުވަތަ ދިނޭޝް ލާލް ޔާދަވް ނިރަހުއާގެ ނަމުން މަޝްހޫރުވެފައިވާ ދިނޭޝް ލާލް ޔާދަވް ބީޖޭޕީގެ ޓިކެޓުގައި ވާދަކުރަނީ އުއްތަރަ ޕްރަދޭޝްގެ އާޒަމްގަރް ދާއިރާއަށެ. ސުރޭޝް ގޯޕީ ބީޖޭޕީގެ ޓިކެޓްގައި ތުރިޝޫރު ދާއިރާއަށް ވާދަކުރާނީ މަލަޔާލަމް އެކްޓަރު އަދި ބީޖޭޕީގެ ކެންޑިޑޭޓް ސުރޭޝް ގޯޕީ އެވެ. ސާޔޮނީ ގޯޝް ސާޔޮނީ ގޯޝް ޓްރިނަމޫލް ކޮންގްރެސް ގެ ޓިކެޓްގައިވާދަކުރަނީ ޖާދްވަޕޫރު އަށެވެ. ސަތާބްދީ ރޯއި ޓްރިނަމޫލް ކޮންގްރެސް ގެ ޓިކެޓްގައި ސަތާބްދި ރޯއި ވާދަކުރަނީ ބިރްބޫމް އަށެވެ. ރަޗަނާ ބެނާޖީ ރަޗަނާ ބެނާޖީ ވާދަކުރަނީ ޓްރިނަމޫލް ކޮންގްރެސް ގެ ޓިކެޓްގައި ހުގްލީގެއަށެވެ. ދޭވް ޓްރިނަމޫލް ކޮންގްރެސް ގެ ޓިކެޓްގައި ދޭވް ވާދަކުރަނީ މެޑިނީޕޫރު އަށެވެ. ރާދިކާ ސަރަތުކުމާރު ބީޖޭޕީގެ ޓިކެޓުގައި ރާދިކާ ސަރަތުކުމާރު ވާދަކުރަނީ ވިރުދުނަގަރުއަށ|ެވެ. ލޮކެޓް ޗެޓަޖީ ބީޖޭޕީގެ ޓިކެޓުގައި ލޮކެޓް ޗެޓަރީ ވާދަކުރަނީ ހުގްލީ އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ