އިންޑިއާގެ ޓީވީ ބަތަލާގެ މަރު: މަންމަ ތުހުމަތު ކުރަނީ ތުނީޝާގެ މަރާ ސީޒަންއާ ގުޅުމެއްވާ ކަމަށް!

އިންޑިއާގެ ޓީވީ ބަތަލާގެ މަރު: މަންމަ ތުހުމަތު ކުރަނީ ތުނީޝާގެ މަރާ ސީޒަންއާ ގުޅުމެއްވާ ކަމަށް!
ލިޔުން:
މީގެ ހަތަރު ދުވަސް ކުރިން މަރުވެފައި އޮއްވާ ފެނުނު އިންޑިއާގެ ޓީވީ ތުނީޝާ ޝަރްމާގެ މަރާ ސިީޒަންއާ ގުޅުމެއް ވާ ކަމަށެވެ.
ތުނީޝާގެ މަންމަ ތުހުމަތު ކުރާ ގޮތުގައި ކޯ ސްޓާރ ޝީޒަން އާއި އޭނާގެ މަރާއި ގުޅުމެއްވެއެވެ. އަދި އަޑުފެތުރިފައިވާ ގޮތުގައި އެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުންވެސް އޮތެވެ. ތުނީޝާ މަރުވުމުގެ ކުރިން އޭނާގެ އިންޓްރގްރާމް ސްޓޯރީ ގައި އެންމެ ފަހުން ޕޯސްޓް ކުރީ އަތުގައި ލިޕްސްޓިކް ޖައްސައިގެން ލޭ އަންނަ ކަހަލަ ގޮތް ދައްކަން ހަދާފައިވާ ފޮޓޯއެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
ފުރަތަމަ އަޑު ފެތުރިފައިވަނީ އޭނާ މަރުވީ އަމިއްލައަށެެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އޭނާގެ ކުއްލި މަރުގެ ހަބަރާއެކު ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. ތުނީޝާ އަކީ ސަބް ޓީވީގެ ސިލްސިލާ "އަލީ ބާބާ: ދަސްތާން-އޭ-ކާބުލް" ގައި ލީޑް ރޯލް ކުޅެމުން ދިޔަ އެކްޓަރެކެވެ. "އަލީ ބާބާ: ދަސްތާން-އޭ-ކާބުލް" ގައި މަރިޔަމްގެ ރޯލު ކުޅެމުން ދިޔަ ތުނީޝާ ވަނީ މީގެ ކުރިން އަޝޯކް ސަމްރާޓް، ގައްބަރު ޕޫންޗްވާލާ، ބާރަތު ކާ ވީރް ޕުތުރާ - މަހާރާނާ ޕްރަތާޕް، އިންޓަނެޓް ވާލާ ލަވް އަދި ފަދަ ސިލްސިލާތަކުން ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ކަހާނީ 2، ބާރް ބާރް ދޭކޯ އަދި ފިތޫރު ފަދަ ބޮލީވުޑް ފިލްމުތައް ވެސް އޭނާ ވަނީ ކުޅެފައެވެ. އޭނާގެ ޖަނާޒާ މިއަދު ވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
