އަންބާނީ ވަނީ މީގެކުރިންވެސް ލިވަޕޫލް ފުޓްބޯޅަ ކްލަބް ގަންނަން މަސައްކަތްކޮށްފައެވެ. އެގޮތުން 2010 2011 އަދި 2015 ގައިވެސް ލިވަޕޫލް ގަތުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
އިންޑިއާގެ ބިލިއަނަރު އަމްބާނީ ލިވަޕޫލް ގަތުމަށް އެފް.އެސް.ޖީ އާއެކު މަޝްވަރާތައް ފަށައިފި

އިންޑިއާގެ ބިލިއަނަރު އަމްބާނީ ލިވަޕޫލް ގަތުމަށް އެފް.އެސް.ޖީ އާއެކު މަޝްވަރާތައް ފަށައިފި
ލިޔުން:
ފެންވޭ ސްޕޯޓްސް ގްރޫޕް އެފް.އެސް.ޖީ އިން ލިވަޕޫލް ވިއްކާލަން ނިންމުމާއެކު ދުނިޔޭގެ ބޮޑެތި މަހުޖަނުން ވަނީ ކްލަބް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ދުނިޔޭގެ 8 ވަނަ އަށް އެންމެ މުއްސަނދި އަދި އިންޑިއާގެ އެންމެ ބޮޑު ބިލިއަނަރު މުކޭޝް އަންބާނީ އެވެ.
އަމްބާނީގެ ފަރާތުން ލިވަޕޫލްގެ މިހާރުގެ އޯނަރުން އެފް.އެސް.ޖީ އާއެކު މަޝްވަރާތައް ފަށާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަމްބާނީ އަކީ ދުނިޔޭގެ އަށްވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ފޯބްސްއިން ފާހަގަކުރާއިރު އޭނާގެ އަކީ ރިލައަންސް ގްރޫޕްގެ އޯނަރެވެ. ރިލައަންސް ގްރޫޕަކީ 200 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު ކުންފުންޏެކެވެ. އަދި އަމްބާނީގެ މިލްކުރެވިކަމުގައި 90 ބިލިއަން ޑޮލަަރު އެބަހުއްޓެވެ.
ލިވަޕޫލް ވިއްކާލަން އެފް.އެސް.ޖީ އިން ކިޔަނީ 4 ބިލިއަން ޕައުންޑަށެވެ. މީގެކުރިން އަމްބާނީ 3 ބިލިއަން ޕައުންޑް ލިވަޕޫލް ގަންނަ ހުށައެޅިކަމަށް ރިޕޯޓްތައް ބުނާއިރު 4 ބިލިއަން ޕައުންޑަށް ލިވަޕޫލް ގަތުމަކީ އަމްބާނީއަށް ބޮޑު ކަމަކަށް ނުވާނެއެވެ.
އިންޑިއާގެ އެންމެ ބޮޑު ކްރިކެޓް ލީގު އިންޑިއަން ސުޕަރ ލީގު އުފެއްދުމުގައިވެސް ބޮޑު ދައުރެއް އަދާކުރި އަމްބާނީ އަކީ އިންޑައިން ސުޕަރ ލީގުގެ ގަދަ ބާރު މަމްބާއި އިންޑިއަންސްގެ ވެސް އޯނަރެވެ.
އަމްބާނީގެ އިތުރުން ދުނިޔޭގެ ދިހަ ވަނައަށް އެންމެ މުއްސަނދި މީހާ ސްޓީވް ބާމާ އާއި ދުބާއިގެ އިންވެސްޓްމަންޓް ފަންޑަކުންވެސް ވަނީ ލިވަޕޫލް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
