މާލެ: 31°C

ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ޤާއިމްކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކޮށްފި

February 2, 2023
2 ފަހަރު ބަލާފައި
ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ޤާއިމްކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކޮށްފި
ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ޤާއިމްކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކޮށްފި
ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ހަވާލު ކޮށްފިއެވެ. ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމްދު ނާސިހް ރަޝީދެވެ. އަދި ސްވިމިން އެސޯސިއޭޝަން ގެ ފަރާތުން ސޮިކުރެއްވީ އެސޯސިއޭޝަންގެ ނައީބު ރައީން އިސްމާއިލް އަލީއެވެ. އެ މަސައްކަތުގެ ދަށުން ހދ. ހަނިމާދޫ، ހއ. ހޯރަފުއްޓާއި އަޑޫ ސިޓީ މަރަދޫ ފޭދޫގެ އިތުރުން ގއ. ވިލިގިލީގައި ސްވިމިންގ ޕްލެޓްފޯމް ގާއިމް ކުރެވިގެންދާނެއެވެ. އެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އާ ހަވާލު ކޮށްފައިވަނީ، ގއ.ވިލިގިލީގެ މަސައްކަތަށް 1.40 މިލިއަން ރުފިޔާ، ހދ. ހަނިމާދޫ އާއި ، ހއ.ހޯރަފުށީގެ މަސަކައްކަތަށް 1.32 މިލިއަން ރުފިޔާ، އަދި  އައްޑޫ ސިޓީ މަރަދޫ ފޭދޫގެ މަސައްކަތަށް 1.72 މިލިއަން ރުފިޔާގެ އަގަށް ސްވިމިންގ އެސޯސިއޭޝަނަށް ފައިސާ ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަނޑައަޅާފައެވެ. ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ