
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
ލިޔުން:
ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްކަން ދެއެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން، ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތަ ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް" އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން މިދިޔަ މަހު ވަނީ ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭނެ ކަމަށް ބުނެ އިއުލާނެއް ނެރެފައެވެ. ނަމަވެސް ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭ ގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުގެ ސަބަބުން އެ ކުންފުނިން ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
