މާލެ: 31°C

ގުޗީގެ ފުރަތަމަ އިންޑިއާގެ ގްލޯބަލް އެމްބެސެޑަރަކަށް އާލިއާ

May 15, 2023
2 ފަހަރު ބަލާފައި
ގުޗީގެ ފުރަތަމަ އިންޑިއާގެ ގްލޯބަލް އެމްބެސެޑަރަކަށް އާލިއާ
ގުޗީގެ ފުރަތަމަ އިންޑިއާގެ ގްލޯބަލް އެމްބެސެޑަރަކަށް އާލިއާ
ބޮލީވުޑްގެ ފިލްމީ ތަރި އާލިއާ ބަޓް ވަނީ އިޓަލީގެ ލަގްޒަރީ ބްރޭންޑް "ގުޗީ" ތަމްސީލިކޮށްދޭ އިންޑިއާގެ ފުރަތަމަ ގްލޯބަލް އެމްބެސެޑަރަކަށް ވެފައެވެ. މިދިޔަ ބުރާާސްފަތި ދުވަހު ގުޗީގެ އިންސްޓަގްރާމް ޕޭޖުުން ވަނީ އާލިއާގެ ޕޮޓޯ އަކާއިއެކު އެކަން އިއުލާންކޮށްފައެވެ. ފިލްމް އިންޑަސްޓްރީގައި ކާމިޔާބީ ތަކެއް ހޯދަމުން އަންނަ އާލިއާ ވަނީ ގުޗީ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި ފުރަތަމަ ފަހަރަށް ފެނިލުމަށް، އެ ކުންފުނީގެ ކްރޫޒް 2024 ޝޯ ގައި ބައިވެރިވުމަށް ރޭ ސޯލްއަށް ފުރާފައެވެ. މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި އެ އިވެންޓް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގިއޮންގްބޮކްގުންގް ޕެލަސް ގައެވެ. އެފަދަ ބޮޑު އިވެންޓެއްގައި ގްލޯބަލް ލެވެލްގައި އެ ބްރޭންޑް ތަމްސީލު ކުރުމަށް ފުރުސަތު ލިބުނީތީ ބަތަލާ ހުރީ ވަރަށް ކެތްމަދުވެފައި ކަމަށް ރިފޯޓްތައް ބުނެއެވެ. އާއިއާގެ އިތުރުން އެ ބޮރޭންޑްގެ އެހެން އެމްބެސެޑަރުން ކަމަށްވާ ޑަކޯޓާ ޖޯންސަން، ކޭޕޮޕް ގްރޫޕް ނިއު ޖީންސްގެ ހަނީ އަދި ހެރީ ސްޓައިލްސް ފަދަ ތަރިން އެ ޝޯގައި ބައިވެރިވާނެއެވެ. އާލިއާ ވަނީ އިންސަޓަގްރާމްގައި އޭނާގެ ފޭނުންނަށް ގުޗީއާ އެކު ނެގި ފޮޓޯޝޫޓުގެ ފޮޓޯއަކާއިއެކު މި އުފާވެރި ހަބަރު ހިއްސާކޮށްފައެވެ. މިފަދަ މަޝްހޫރު ބްރޭންޑެއްގެ މޫނަކަށް ވުމަކީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށާއި، ހަމައެކަނި އިންޑިއާ ނޫނަސް މުޅި ދުނިޔެއަށް ގުޗީ ބޮރޭންޑް ތަމްސީލުކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އާލިއާ ބުނެފައިވެއެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާ، ޖާންވީ ކަޕޫރު، ކަރަން ޖޯހަރު، ނީތޫ ކަޕޫރު، ބޫމީ ޕެޑްނޭކަރ ވަނީ ބަތަލާާ އަށް ލިބުނު ބޮޑު ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. އާލިއާ ވަނީ ހޮލީވުޑްގައި ފުރަތަމަ ފަހަރަށް އެކްޝަން ތްރިލާ "ހާޓް އޮފް ސްޓޯން" ނަމަކަށް ކިޔާ ފިލްމެއް ކުޅެފައެވެ. މިއަހަރު ރިލީޒްކުރާ މި ފިލްމުގައި އާލިއާގެ އިތުރުން ގަލް ގެޑޯ އާއި ޖެމީ ޑޯނަން ފެނިގެންދާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ