މާލެ: 31°C

ގިނަ އަންހެން ކުދިންގެ ހިތްތައް ރޮއްވާލައި، ސަނަމް ޕޫރީ މިއަދު ކައިވެނި ކުރަނީ

January 11, 2024
4 ފަހަރު ބަލާފައި
ގިނަ އަންހެން ކުދިންގެ ހިތްތައް ރޮއްވާލައި، ސަނަމް ޕޫރީ މިއަދު ކައިވެނި ކުރަނީ
ގިނަ އަންހެން ކުދިންގެ ހިތްތައް ރޮއްވާލައި، ސަނަމް ޕޫރީ މިއަދު ކައިވެނި ކުރަނީ
ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލި އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑް "ސަނަމް" ގެ ލީޑް ވޯކަލިސްޓް، ސަނަމް ޕޫރީގެ ކައިވެނީގެ ހަފުލާތައް މިއަދު ފެށޭނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަނަމް އާއި އޭނާގެ ލޯބިވެރިޔާ ޒިކޮބޭނީ ޓަންގޯގެ ކައިވެނީގެ ހަފުލާ އޮންނާނީ ޒިކޮބޭނީގެ ސްޓޭޓްކަމަށްވާ އިންޑިއާގެ ނަގަލަންދުގައެވެ. އަދި މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕަންޖާބީންގެ ސަގާފަތާއި އާދަތަކާ އެއްގޮތަށް ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ. މި ކައިވެނި ހަފްލާގައި ދެލޯބިވެރިންގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިން ބައިވެރިވާނެ ކަމަށާއި މި ރަސްމިއްޔާތު ވީ އެންމެ ފުރިހަމަ އަކަށް ގެންދަން ރޭވިފައިވާ ކަމަށް ސަނަމް ވަނީ ބުނެފައެވެ. "ސަނަމް" ބޭންޑުން ގެނެސްދެނީ ކުރީގެ ރީތި ހިންދީ ލަވަތައް އޭގެ އަސްލު ނުގެއްލޭ ގޮތަށް އަސަރާ އެކު ހުށަހަޅައި، މިއުޒިކް ވީޑިއޯއެވެ. މި ބޭންޑްގައި ސަނަމްގެ އިތުރުން ސަނަމްގެ ބޭބެ ސަމަރް ޕޫރީ، ކޭޝަވް އަދި ވެންކެޓް ހިމެނެއެވެ. ސަނަމް، 31 ވަނީ އިންޑިއާ އާއި ބޭރު ދުނިޔޭގެ ގިނަ ގައުމު ތަކެއްގެ އިތުރުން 2015 ވަނަ އަހަރު ރާއްޖެގައި މާލެ އާއި އައްޑޫގައި ވެސް މިއުޒިކް ޝޯތަކެއް ދީފައެވެ. އަދި އައްޑޫގައި ބޭންޑްގެ ލަވަތަކެއް ޝޫޓްކޮށް، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މާޖިދާ އެކު ވެސް ސަނަމް ވަނީ ކެނަރީފް ރިސޯޓްގައި ލަވައެއް ޝޫޓްކޮށްފައެވެ. ސަނަމްގެ ދުވަސްވީ ލޯބިވެރިޔާ ޒިކޮބޭނީ އަކީ ވެސް މޮޑެލްއެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ. މަގްބޫލު ބޭންޑް "ސަނަމް" އިން ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "މެރެ މެހެބޫބް ގަޔާމަތު"، "ގުލާބީ އާންކޭ" އަދި "ތޭރީ އާކޯސޭ" ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ