ރިޝްފާގެ ފޯނުން އޭނާގެ ޒާތީ ފޮޓޯތައް ފުލުހުން ލީކުކޮށްލި ކަމުގެ ތުހުމަތު!

ރިޝްފާގެ ފޯނުން އޭނާގެ ޒާތީ ފޮޓޯތައް ފުލުހުން ލީކުކޮށްލި ކަމުގެ ތުހުމަތު!
ލިޔުން:
މިދިޔަ ނޮވެމްބަރު މަހު މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި މަޝްހޫރު ފިލްމީ ތަރި މަރިޔަމް ރިޝްފާގެ ފޯނު ފުލުހުންގެ ތަހުޤީފުލުހުންގެ ތަހުޤީޤީގަށް ހިފެހެއްޓުމަށްފަހު އޭގައި ހުރި އޭނާގެ ޒާތީ ފޮޓޯތަކެއް ލީކުކޮށްލިކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށްކޮށްފިއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އޭނާ އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނަށް ދިނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި އަދި ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުންގެ ތިން އޮފިސަރެއްގެ އަތުގައި އޭނާގެ ފޯނުގެ ޕާސްވޯޑު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އޭގެ ފަހުން ފޯނުގަ ހުރި އޭނާގެ ޒާތީ މައުލޫމާތާއި ޒާތީ ފޮޓޯތައް ލީކުވެ އެކި ޕޭޖު ތަކުން ފޮޓޯތައް ފެންނަމުންދާ ކަމަށް އޭނާ ބުންޏެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް ރިޝްފާ ވަނީ ރައްޔިތުން ޕްރޮޓެކްޓު ކުރަނީ މިގޮތައް ތޯއާއި، މިކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯ ސުވާލުކޮށްފައެވެ.
މި ޕޯސްޓްގައި ރިޝްފާ އިތުރަށް ބުނީ ޔުނިފޯމް އަޅައިގެން ތިއްބަސް ފުލުހުންނަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، މިއީ ޕްރައިވެޓް އިންފޮމޭޝަން ފުލުހުން ލީކުރި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން ގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވެސް ޓެގުކޮށް ރިޝްފާ ކުރި މި ޕޯސްޓްގައި ބުނެފައިވަނީ މިކަމުގައި އުޅުނު ފަރާތަށް އެކަމުގެ ހައްގު އަދަބު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރިޝްފާގެ މި ޕޯސްޓާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ފުލުހުން އަދި ޖަވާބެއްދީފައެއް ނުވެއެވެ.
ފުލުހުން ރިޝްފާގެ ފޯނު ހިފަހައްޓާފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެރޭ މާލެ ހެންވޭރު ގެއެއްގައި މަސްތުވާތަކެތި ބޭނުން ކުރަން ތިއްބައެވެ. މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަނިކޮށް މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރި 12 މީހުންގެ ތެރޭގައި ރިޝްފާ ހިމެނެއެވެ.
ކޯޓުގައި ފުލުހުންގެ ބުނެފައިވަނީ ވަނީ ރިޝްފާ ހައްޔަރުކޮށްފައި ވަނީ ގިނަ ބައެއްގެ މެދުގައި ރޭވިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
