މާލެ: 31°C

ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ

December 30, 2022
2 ފަހަރު ބަލާފައި
ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ
ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ
މިހައިތަނަށް އުފެދުނު އެންމެ މޮޅު ފުޓުބަ ކުޅުންތެރިޔާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ، އުމުރުން 82 އަހަރުގައި ރޭ މަރުއްޖެ އެވެ. ޕެލޭ މަރުވީ ކޮލޯން ކެންސަރަަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއް ވީފަހުންނެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ރޫޓިން ޓެސްޓްތަކެއް ހެދުމުގެ ތެރޭގައި 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން ކެންސަރަށް ފަރުވާ  ކުރަމުން އައި ޕެލޭ، ހާލު ބޮޑުވެގެން ސައޮޕޯލޯގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހޮސްޕިޓަލުގައި އޮތް އިރު ޕެލޭގެ ސަޕޯޓަރުންނަށް އޭނާގެ ހާލަތާ ބެހޭ މައުލޫމާތު، ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުން އައީ އޭނާގެ އަންހެން ދަރިފުޅު ކޭލީ ނަޝިމެންޓޯ އެވެ. ޕެލޭ މަރުވެއްޖެ ކަން ހާމަކުރަން ކޭލީ އާއްމުކުރީ އާއިލާގެ މެމްބަރުން ޕެލޭހެ ހަށިގަނޑުގައި އަތްލައިގެން ތިބޭ ފޮޓޯއެކެވެ. "އަހަރެމެންނަށް ހާސިލުވެފައިވާހާ ކަމެއްގެ ޝުކުރު ހައްގީ ތިބާއަށެވެ. އަހަރެމެން ތިބާ ދެކެ ނިމުމެއް ނެތި ލޯބިވަމެވެ،" އެ ފޮޓޯއާ އެކު އޭނާ ލިއުނެވެ. ޕެލޭއަށް ފަރުވާދިން ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ކޮލޯން ކެންސަރުގެ ސަބަބުންނާއި އެ ބަލި ޖެހުމުގެ ކުރިން ވެސް ހުރި ސިއްހީ އެހެން މައްސަލަތަކުގެ ސަބަބުން ގުނަވަންތައް ފެއިލްވެގެންނެވެ. ޕެލޭ މަރުވުމުން ބްރެޒިލްގެ ފުޓްބޯލް ފެޑެެރޭޝަނުން ބުނީ އޭނާއަކީ މިހައިތަނަށް އުފެދުނު އެންމެ ވަރުގަދަ ކުޅިވަރު ޝަޚުޝިއްޔަތު ކަމަށާއި އެއީ އެއަށް ވުރެ ވެސް މުހިއްމު ސަޚުޝިއްޔަތެއް ކަމަށެވެ. "އަހަރެމެންގެ ފުޓްބޯޅަ ރަސްގެފާނު [ޕެލޭ] އަކީ ނަސްރުވެރި ބްރެޒިލްގެ އެންމެ ބޮޑު މޭސްތިރިއާ. ދަތި އުނދަގުލާ ދިމާވުމުން އޭނާ އެއްވެސް އިރަކު ބިރެއް ނުގަނޭ. އޭނާ އޭނާގެ ބައްޕަޔަށް ވައުދުވީ ވޯލްޑްކަޕް ގެނެސްދޭން އަދި އަހަރެމެންނަށް ތިން ވޯލްޑްކަޕް ގެނެސްދިން،" ބްރެޒިލްގެ ފުޓްބޯލް ފެޑެރޭޝަނުން ޕެލޭއަށް ތައުރީފު ކުރަމުން ބުންޏެވެ. މިހައިތަނަަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ޕެލޭ ކަމަށް  ބަލާ އެއް ސަބަަބަކީ ބްރެޒިލް އަށް ތިން ފަަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމާއި އެކު އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ގިނަ ކަމެވެ. އޭނާގެ 21 އަހަރުގެ ކެރިއަރުގައި ކުޅުނު 1،363 މެޗެއްގައި 1281 ލަނޑު ޖެހި އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗެއްގައި ޖެހި 77 ލަނޑު ހިމެނެ އެވެ. (ބީބީސީ)

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ