މާލެ: 31°C

ފޯޑެން އާއި ޕާމާ އަދި ވޮޓްކިންސް އިންގްލެންޑް ސްކޮޑުން ވަކިކޮށްފި

September 4, 2024
2 ފަހަރު ބަލާފައި
ފޯޑެން އާއި ޕާމާ އަދި ވޮޓްކިންސް އިންގްލެންޑް ސްކޮޑުން ވަކިކޮށްފި
ފޯޑެން އާއި ޕާމާ އަދި ވޮޓްކިންސް އިންގްލެންޑް ސްކޮޑުން ވަކިކޮށްފި
ފޯޑެން، ޕާމާ އަދި ވޮޓްކިންސް އިންގްލެންޑް ސްކޮޑުން ކަޓައިފި ދާދި ފަހުން ހޮވި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިޢޭޝަން އޮފް ދި އިޔާރ (ޕީއެފްއޭ) ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ ފޯވާޑް ފޯޑެން އާއި ޗެލްސީގެ ފޯވާޑް ޕާމާ އާއި އެސްޓަން ވިލާގެ ފޯވާޑް ވޮޓްކިންސް އެނބުރި ކްލަބްތަކަށް ގޮސްފައިވަނީ މިހާރު ދިމާވެފައިވާ މައްސަލަތަކުން ރިހެބިލިޓޭޝަން ކުރިއަށް ގެންދިއުމަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އިންގްލެންޑްގެޓީމާއި ވަގުތީގޮތުން ހަވާލުވެގެން ހުރި ކޯޗު ލީ ކާސްލީ އަށް ވަނީ މިކަމުގެ ސަބަބުން ވަރަށްބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އަންނަ ހޮނިހިރު ދުވަހު އަޔަލޭންޑާއި ދެކޮޅަށް ޓީމު ނިކުންނަންޖެހޭއިރު އޭގެ 3 ދުވަސްފަހުން އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ފިންލޭންޑާ ދެކޮޅަށް ނިކުންނަ މެޗުތަކަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް އިގިރޭށި ޕްޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޓީމު އަޔަރލޭންޑާ ދެކޮޅަށް ކުޅޭ މެޗަކީ ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި ފަހުން އެ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ