މާލެ: 31°C

އެފްއޭއެމް ގެ ކޮންގްރެސް އަންނަ ހޮނިހިރުދުވަހު ބާއްވަނީ

March 5, 2025
540 ފަހަރު ބަލާފައި
އެފްއޭއެމް ގެ ކޮންގްރެސް އަންނަ ހޮނިހިރުދުވަހު ބާއްވަނީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

ފީފާ އިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލެމުގެ ދަށުން ބާއްވާ ކޮންގްރެސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި، އެ ކޮންގްރެސްގައި އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމާއި، ،އެފްއޭއެމްއަށް އޮޑިޓަރުން ވެސް އޮންނާނެ ކަމަށް ކުލަބްތަކަށް އެފްއޭއެމް އިން ފޮނުވާފައިވާ ނޯޓިސްގައިވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ނޯމަލައިޒް ކުރުމަށް ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި އެންމެ ފުރަތަމަ ތިއްބެވީ 5 ބޭފުޅުންނެވެ. ނަމަވެސް އެ ކޮމިޓީގެ ޗެއާމަން އަޙްހިމަދު ޒުހޫރާއި ކޮމިޓީގެ މެމްބަރު އަހުމަދު އަލީ މިހާރުވަނީ ފީފާއިން ވަކިކޮށްފައިވެ އެވެ.

ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ކަމުން އަޙްމަދު ޒުހޫރު ވަކިކުރެއްވުމަށްފަހު ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކަމަށް ހަމަޖައްސާފައިވަނީ އެ ކޮމެޓީގެ މެމްބަރު މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ