މާލެ: 31°C

ފަލިޖަހާފައި އެކަނި ހުވަދޫކަނޑު ހުރަސްކުރަން ޑޭމިއަން ރައިޑާ ނައްޓާލައިފި

February 17, 2023
2 ފަހަރު ބަލާފައި
ފަލިޖަހާފައި އެކަނި ހުވަދޫކަނޑު ހުރަސްކުރަން ޑޭމިއަން ރައިޑާ ނައްޓާލައިފި
ފަލިޖަހާފައި އެކަނި ހުވަދޫކަނޑު ހުރަސްކުރަން ޑޭމިއަން ރައިޑާ ނައްޓާލައިފި
އާދަޔާ ހިލާފު އުނދަގޫ ކަންތައްތައް ކޮށްގެން ދުނިޔޭގެ ރެކޯޑްފޮތަށް އެތައް ފަހަރަކު އަރާފައިވާ ޑެމިއެން ރައިޑާ، ޕެޑުލް ބޯޑެއްގައި ފަލި ޖަހާފައި ގޮސް ހުވަދޫކަނޑު ހުރަސްކޮށް އަދި އޭގެ ފަހުން ދެބައިހަމަ ވެސް ހުރަސްކޮށް ކުރާ 480 ކިލޯ މީޓަރުގެ ދަތުރަށް އޭނާ މިއަދު ހުޅުމާލޭން ފުރައިފި އެވެ. އޮސްޓްރޭލިއާއަށް އުފަން، އުމުރުން 48 އަހަރުގެ އެތުލީޓް ރާއްޖެއަށް އައީ އޭނާ މީގެ ކުރިން ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވާ ގޮޮތުން 180 ކިލޯމީޓަރަށް ފަލިޖަހަން ފަރިތަކުރުމަށެވެ. އެކަމަކު އެއަށް ވުރެ ދުރަށް، 480 ކިލޯމީޓަރަށް ފަލީގައި ދަތުރުކުރަން އޭނާ ނިންމީ އުރީދޫގެ މާކެޓިން ޓީމާ އެކު ކުރި މަޝްވަރާތަކެއްގެ ތެރެއިން އުފެދުނު ހިޔާލަކުންނެވެ. [embed]https://twitter.com/hdcmaldives/status/1626441847282487296?s=20[/embed] ރައިޑާ ހުޅުމާލޭން މިއަދު ނައްޓައިލި އިރު އޭނާގެ ދަތުރުގައި އުޅޭ ނޫޅޭ ހިސާބު، އޮންލައިންކޮށް ވަގުތުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް އިން ފެންނަ ގޮތުގައި ހުޅުމާލޭ ފެރީޓާމިނަލާ ދިމާލުގައި އޮތް ނެރުން ނުކުމެގެން މީގެ ގަޑިއެއްހާއިރު ކުރިން ފެށި ދަތުރުގައި އޭނާ މިހާރު ވަނީ ގާދޫކޮލުގެ މެދަކާ ހިސާބަށް ދަތުރުކޮށްފަ އެވެ. އޭނާ ދަތުރުކުރަމުން އަންނަ ބޯޑުގެ ދުވެލި މިހާރު ހުރީ ގަޑިއަކު ހަތް މޭލުގަ އެވެ. ހުވަދޫކަނޑާއި އީކުއޭޓާ ހުރަސްކުރަން، ބޯޑެއްގައި ކޮޅަށް ހުރެގެން ފަލި ޖަހާފައި ކުރާ ދަތުރުގައި ރައިޑާ އަށް އަތޮޅެއްގެ އަށް ރަށެއްގެ ކައިރިން ދަތުރުކުރާނެ އެވެ. އޭނާގެ ދަތުރު ސްޕޮންސާކޮށްފައި ވަނީ އުރީދުއާއި އެޗްޑީސީއާއި ހޮންޑާ މެރިން އަދި ހޯކްސް އިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ