މާލެ: 31°C

އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދައިފި

February 7, 2025
206 ފަހަރު ބަލާފައި
އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދައިފި
ސެމީ ފައިނަލްގެ 2 ވަނަ ލެގުގައި ރޭ ޓޮޓްޏްހެމް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ އިނގިރޭސި ލީގު ކަޕް ގެ ފައިނަލަށް ލިވަޕޫލުން ވަނީ ދަތުރުކޮށްފައެވެ.

ސެމީ ފައިނަލްގެ 2 ވަނަ ލެގުގައި ރޭ ޓޮޓްޏްހެމް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ އިނގިރޭސި ލީގު ކަޕް ގެ ފައިނަލަށް ލިވަޕޫލުން ވަނީ ދަތުރުކޮށްފައެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި މި ދެޓީމް ބައްދަލުކުރި މެޗުން 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި ނަމަވެސް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ޓޮޓްންހެމް ދަނޑުފައި އެ ދެ ޓީމް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޓޮޓްންހެމް އެވެ. ނަމަވެސް އެގްރިގޭޓުން ލިވަޕޫލަށް ކުރި ލިބިގެން މުބާރާތުގެ ފައިނަލްގެ ޖާގަ ވަނީ ލިވަޕޫލް އަށް ލިބިފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވާއިރު، ތިންވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮސްލާއި އެވެ. އޭގެ ފަސް މިނެޓް ފަހުން ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވާޖިލް ވެންޑައިކް އެވެ.

އެ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އާސެނަލް ގެ މައްޗަށް ކުރި ހޯދައިގެން ކަށަވަރުކޮށްފައިވަނީ ނިއުކާސަލް ޔުނައިޓެޑުންނެވެ. އަންނަ މަހު 16 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ލިވަޕޫލް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ