މާލެ: 31°C
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް އެރިކްސަން މަރުވެއްޖެ

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް އެރިކްސަން މަރުވެއްޖެ

26 އޯގަސްޓު 2024
20 ފަހަރު ބަލާފައި
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް އެރިކްސަން މަރުވެއްޖެ
އިންގިރޭސި ވިލާތުގެ ގައުމީ ފްޓްބޯޅަ ޓީމުގެ ކުރީގެ ކޯޗް ސްވެން ގޯރަން އެރިކްސަން މިއަދު މަރުވެއްޖެއެވެ. އެރިކްސަން މަރުވެފައި ވަނީ ފުރަމޭގެ ކެންސަރަށް ފަރުވާކުރަމުން ގެންދަނިކޮށެވެ. ސްވިޑަންގެ ރައްޔިތެއް ކަމަށްވާ އެރިކްސަން އަކީ އިނގިރޭސިވިލާތުގެ ގައުމީޓީމަށް އެއްމެ ފުރަތަމަ ގެނައި އެ ގައުމުން ބޭރުގެ ކޯޗް އަދި މެނޭޖަރެވެ. އެރިކްސަން އަކީ އިނގިރެސި ފްޓްބޯޅައިގެ ގޯލްޑަން ޖެނެރޭޝަންގެ ކުޅުންތެރިން ކަމަށްވާ ބެކަމް އާއި ލަމްޕާޑް އާއި ޖެރާޑް އާއި ރޫނީ ދަފަ ކުޅުންތެރިންނަށް ކޯޗް ކޮށްދީފައިވާ މޮޅު ކޯޗެކެވެ. އެރިކްސަން ވަނީ ކުލަބް ފުޓްބޯޅައިގަވެސް މަޝްހޫރު ކުލަބް ތަކަށް ކޯޗް ކޮށްދީފައެވެ. އެގޮތުން ބެންފީކާ، ރޯމާ، ފިއޮރެންޓީނާ، ލާޒިއޯ އަދި އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީއާއި ލެސްޓަރ ސިޓީވެސް ހިމެނެއެވެ ކެރިއަރުގައި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ