މާލެ: 31°C

"އިމަޖެންސީ" ގެ ޓްރެއިލާ އަށްފަހު ކަންގަނާއަށް މަރުގެ އިންޒާރު

September 1, 2024
183 ފަހަރު ބަލާފައި
"އިމަޖެންސީ" ގެ ޓްރެއިލާ އަށްފަހު ކަންގަނާއަށް މަރުގެ އިންޒާރު
"އިމަޖެންސީ" ގެ ޓްރެއިލާ އަށްފަހު ކަންގަނާއަށް މަރުގެ އިންޒާރު
ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ" ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު އޭނާއަށް އިންޒާރު ދީފިއެވެ. ބޮލީވްޑް ގެ ފިލްމް "އިމަޖެންސީ" އަކީ އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީ 1975-1977 އާ ދެމެދު އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ކަންގަނާ އަދާކޮށްފައިވަނީ އިންދިރާ ގާންދީގެ ރޯލު އެވެ. އެ ފިލްމުގައި ކަންގަނާ އަދާކޮށްފައިވާ ރޯލުގެ ސަބަބުން ކަންގަނާ އަށް ވަނީ މަރުގެ އިންޒާރު ދީފައެވެ. އަދި ފިލްމު ބޮއިކޮޓް ކުރުމަށް ގިނަ ގްރޫޕްތަކަކުން އަންނަނީ ގޮވާލަމުންނެވެ. މަރުގެ އިންޒާރާ ގުޅިގެން އިންޑިއާގެ ޕާލަމެންޓ ގައި ވެރިކަންކުރާ ބީޖޭޕީ ތަމްސީލުކުރާ ތަރި ޓީވީއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ އެ ރައްދު ދީފައެވެ. އަދި އެ އިންޒާރުތަކުގެ ސަބަބުން ފިލްމު ރިލީޒްކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށް ވަނީ ބުނެފައެވެ. މި ހަފުތާގެ ކުރީކޮޅު ކަންގަނާ ވަނީ އޭނާއަށް ދެމުންދާ މަރުގެ އިންޒާރުތަކުގެ ސަބަބުން ފިލްމުގެ ސެންސަރު ބޯޑުސެޓްފިކޭޝަން ލިބުމަށް ހުރަސް އެޅިފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ކަންގަނާ ވަނީ އެފިލުމުން އުނިކުރުމަށް ގޮވާލަމުންދާ މަންޒަރުތަކުގެ ތެރެއިން އިންދިރާ ގާންދީ އަވަހާރަކޮށްލުމާއި ބިންދްރަންވާލޭ ކުއްލި ނުރައްކަލުގެ ހާލަތުން ނެގުމަށް ގޮވާލަމުންގެންދާ ވީޑިއޯ  އޭނާގެ އެކްސް ހޭންޑްލްގައި ވަނީ ޕޯސްޓް ކޮށްފައެވެ. މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ