މާލެ: 31°C

އީދު ފާހަގަކުރަން ނަމޫނާއަކަށް ބަލަންވީ ކަމަދޫ، ވަރަށް ތަފާތު!

July 1, 2023
2 ފަހަރު ބަލާފައި
އީދު ފާހަގަކުރަން ނަމޫނާއަކަށް ބަލަންވީ ކަމަދޫ، ވަރަށް ތަފާތު!
އީދު ފާހަގަކުރަން ނަމޫނާއަކަށް ބަލަންވީ ކަމަދޫ، ވަރަށް ތަފާތު!
ކޮންމެ އަހަރެއްގެވެސް އަޟްޚާ އީދަކީ މުޅި ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ. މިއީދު ކުޅިވަރުތަކުން ފާހަގަވެގެންދާ އެންމެ މުހިންމު ކަމަކީ ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ވެގެން ދިއުމެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް އެންމެން އެއްކޮށް މަޖާކޮއްލަން ލިބޭ އެންމެ ބޮޑު ފުރުޞަތަކީ ބޮޑު އީދެވެ. ކުދިބޮޑު އެންމެން އީދުކުޅިވަރުގައި ޝާމިލްވުމަކީ މީގެ އެންމެ ބޮޑު ހެއްކެވެ. ރާއްޖޭގެ ރަށްރަށުގެ ތެރެއިން ބޮޑު އީދު ފާހަގަކުރުމުގައި ބ. ކަމަދޫއަކީ ނަމޫނާ ރަށެވެ. ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ރަށުގެ ކްލަބް ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން އެރަށުގައި ބޮޑު އީދު ފާހަގަކުރަނީ ވަރަށް ވެސް ކުލަ ގަދަކޮށެވެ. ސަޤާފީ ހަރަކާތްތަކުން މުޅި ރަށް ގުގުމާލާފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަނީ އެންމެން ގުޅިގެން ވަރަށް އެކުވެރި މާހައުލެއްގައެވެ. ދުރާލާ ތައްޔާރުވެ ވަރަށް ފުރިހަމަ ޝައުޤުވެރި ހަރަކާތްތައް އެރަށުން ދަނީ ފެންނަމުންނެވެ. މިފަހަރުގެ އީދަށް ރަށުން ބޭރުން ގިނަ ބަޔަކު ވަނީ އެރަރަށް ޒިޔާރައްކޮށްފައެވެ. އީދުގެ ކުޅިވަރުތައް 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ކުރިއަށް ދަނީ އެރަށު ރައްޔިތުންގެ މެދުގައި ކަމަށް މައުލޫމާތުލިބެއެވެ. ކަމަދޫގައި އެންމެ ފޯރީގައި ކުރިއަށްދާ ހަރަކާތްތަކަށް ބަލާއިރު، މިކްސް ދަފިނެގުމާއި މާފަތި، ބަނޑިޔާ، ފަތިގަނޑު އަދި ކުރުދަނޑި ޖެހުން ހިމެނެއެވެ. މީގެއިތުރުން ދެ ޖިންސްގެ ކޯޑި ކުޅިވަރާއި، ދެލިމާލި އަދި ފެންކުޅިއާއި ސްޓޭޖް ޝޯވތަކަކީ ވަރަށް ފޯރިގަދަ ހަރަކާތްތެކެވެ. ކަމަދޫގެ އީދު ކުޅިވަރުތައް ރާވާލާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭގޮތަށް އީދުގެ އުފަލުގައި އެންމެންނަށްވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ. އީދުކުޅިވަރުތަކަށް ކަމަދޫ އީދު ކުޅިވަރު ފޭސްބުކް ޕޭޖުން ލައިވް ކުރަމުންދާއިރު ގިނަ ބަޔަކު ދަނީ މި ކުޅިވަރުތައް ބަލާ އެކަމަށް ތައުރީފް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ