މާލެ: 31°C

ދިވެހި އެފް.އެމް އެވޯޑްސް 2021 ބާއްވައިފި

December 21, 2022
93 ފަހަރު ބަލާފައި
ދިވެހި އެފް.އެމް އެވޯޑްސް 2021 ބާއްވައިފި
ދިވެހި އެފް.އެމް އެވޯޑްސް 2021 ބާއްވައިފި
މުޅިން އަލަށް ދޭންފެށި ދިވެހި އެފް.އެމް އެވޯޑްސް ރޭ ޓީވީއެމް ގައި ބާއްވައިފި އެވެ. މިއީ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި އެފް.އެމްއިން މުޅިން އަލަށް ދޭންފެށި އެވޯޑެކެވެ. ރޭ ދިވެހި އެފް.އެމް އެވޯޑްސް 2021ގެ ނަމުގައި ބޭއްްވި އެވޯޑްގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ މިދިޔަ އަހަރު ދިވެހި އެފް.އެމްއިން ގެނެސްދިން ތަފާރު އެކި ޕޮރުގުރާނުތަކާއި، ޝޯތަކުން އެހުންތެރިންގެ މެދުގައި އެންމެ މަގުބޫލު ދިވެހި ފަންނާނުންނަށެވެ. ރޭ ބޭއްވި ހަފުލާގައި ވަނީ ހަތަރު ކެޓަގަރީ އަކުން އެވޯޑް ދީފައެވެ. އެއީ އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓު ކުރި ވަލަ (އަންހެން)، އަދި ހަމަ އެކެޓަގަރީގެ (ފިރިހެން)، އެހުންތެރިންގެ އެންމެ މަގުބޫލު ލަވަ، އަދި އެންމެ މަގުބޫލު ބޭންޑް އެވެ. އެންމެ ގިނައިން އެހުންތެރިން ރިކުވެސްޓުކުރި އަންހެން ލަވަކިޔުންތެރިއަކަށް ހޮވިފައިވަނީ "ކަސަބުން ބޯވަޅު" ލަވަ ކިޔާފައިވާ މަރިޔަމް އަޝްފާއެވެ. އެންމެ ގިނައިން އެހުންތެރިން ރިކުވެސްޓުކުރި ފިރިހެން ލަވަކިޔުންތެރިއަކަށް ހޮވިފައިވަނީ "އާދޭސް" ލަވަ ކިޔާފައިވާ ޝަލަބީ އިބްރާހީ އެވެ. ދިވެހި އެފްއެމްގެ 2021 ވަނަ އަހަރު އެންމެ މަގުބޫލު ލަވަ އަކަށް ހޮވިފައިވަނީ ޝަމްވީލް މުހައްމަދު ކިޔާފައިވާ "އޮޑި ދީލާ" އެވެ. 2021 ވަނަ އަހަރުގެ އެންމެ މަގުބޫލު ބޭންޑަކަށް ހޮވިފައިވަނީ ސިމްބަލިކް ރެކޯޑްސްއެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު ވިދާޅުވީ، މިއީ ދިވެހި ފަންނާނުންގެ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެގޮތުން އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށާއި، ކުރިއަށްއޮތްތާނގައި މި އެވޯޑް މިއަށްވުރެއްވެސް ފުރިހަމަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާ، އެ މަގަށް މަސައްކަތްކުރާނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ