މާލެ: 31°C

ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ފުރުޞަތު ހުޅުވާލައިފި

January 21, 2023
2 ފަހަރު ބަލާފައި
ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ފުރުޞަތު ހުޅުވާލައިފި
ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ފުރުޞަތު ހުޅުވާލައިފި

އެސްއެސް ނެޓަށް ދިރާގު ޓީވީގެ ކަސްޓަމަރުން ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގައި ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލާނެ ކަމަށް ދިރާގުން ވަނީ އިއުލާނުކޮށްފައެވެ. އަދި މިކަން ދިރާގުގެ ކަސްޓަމަރުންނަށްވެސް ވަނީ އެސްއެމްއެސްއަކުން އަންގާފައެވެ. ދިރާގު ޓީވީގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓްގެ ޚިދުމަތަށް ބަދަލުވެވޭނެކަން ބަޔާންކޮށް ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ދިރާގުން މިއަދު ވަނީ އެސްއެމް ކުރަން ފަށާފައެވެ. ދިރާގުގެ މި މެސެޖުގައި އެސްއެސް ނެޓަށް ރަޖިސްޓްރީ ކުރާނެ ލިންކާއި އެހެނިހެން މައުލޫމާތު ހިމެނިފައިވެއެވެ.

އެސްއެސް ނެޓަށް ބަދަލުވުމަށް ދިރާގުންނާއި އެސްއެސް ނެޓުން ފޯރުކޮށްދެމުން އަންނަ މައުލޫމާތާއެއްގޮތަށް އަމަލުކުރުމުން ދިރާގު ޓީވީ ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސް ނެޓްގެ ޚިދުމަތް ލިބެން ފަށާނެއެވެ. މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސް ނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސް ނެޓްގެ ޚިދުމަތް ފަށާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އެސްއެސް ނެޓުން ބުނެއެވެ. ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން އެސްއެސް ނެޓަށް ބަދަލުވުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ދިރާގު ޓީވީގެ ޖޯއި ބޮކްސް މެދުވެރިކޮށް އެސްއެސް ނެޓްގެ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ. އެސްއެސްނެޓްގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ. ދިރާގު ޓީވީ ހުއްޓާލަނީ ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުމާގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ