މާލެ: 31°C

ދެވަނަ ޑިވިޝަންގެ ފުލުގައޮތް ޓީމް އަތުން ބަލިވެ އެފްއޭކަޕް އިން ލިވަޕޫލް ކަޓައިފި

February 10, 2025
281 ފަހަރު ބަލާފައި
ދެވަނަ ޑިވިޝަންގެ ފުލުގައޮތް ޓީމް އަތުން ބަލިވެ އެފްއޭކަޕް އިން ލިވަޕޫލް ކަޓައިފި
އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެއްމެ ފުލުގައި އިތް ޕްލިމައުތު އާގައިލް އަތުން 1-0 އިން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި އެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެއްމެ ފުލުގައި އިތް ޕްލިމައުތު އާގައިލް އަތުން 1-0 އިން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި އެވެ.

ޕްލިމައުތުގެ ދަނޑުގައި ކުޅުނު އެފްއޭކަޕް ގެ 4 ވަނަ ބުރުގެ ދެވަ ލެގް މެޗަށް ލިވަޕޫލުން ފުރަތަމަ 11 ގައި ދަނޑުމައްވައް ނެރެފައިވަނީ ޒުވާން ކުޅުންތެރިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ޕްލިމައުތު އަށް މެޗުގެ 53 ވަނަ މިނެޓްގައި ލިވަޕޫލްގެ ގޯލް އޭރިއާގެ ތެރެއިން އެޓީމުގެ ހާވީ އެލިއޮޓްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެޓީމް ކާމިޔާބްކުރި ގޯއެކެވެ.

މި ގޯލަށް ފަހު ލިވަޕޫލުން ކުރިއަށް ޖެހިލައިގެން ޕްލައިމައުތުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕްލައިމައުތުގެ ގޯލްކީޕަރު ކޯނާ ހަޒާޑްގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

އިނގިރޭސި ޕްޓްބޯޅަ ތާރިހުގައި މިއީ 1956 ވަނަ އަހަރަށް ފަހު ޕްލިމައުތު އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ