މާލެ: 31°C

20 އަހަރުގެ ޑެންމާކް ޑިފެންޑަރ ޕެޓްރިކް ޑޯރގު އާއި 18 އަހަރުގެ އާސެނަލް ޑިފެންޑަރ އައިޑެންގެ ސޮއިހޯދައި ޔުނައިޓެޑުގެ ޑިފެންސްލައިން ޒުވާން ކޮށްލައިފި

February 2, 2025
201 ފަހަރު ބަލާފައި
20 އަހަރުގެ ޑެންމާކް ޑިފެންޑަރ ޕެޓްރިކް ޑޯރގު އާއި 18 އަހަރުގެ އާސެނަލް ޑިފެންޑަރ އައިޑެންގެ ސޮއިހޯދައި ޔުނައިޓެޑުގެ ޑިފެންސްލައިން ޒުވާން ކޮށްލައިފި
ޕްރިމިއާރ ލީގުގެ ޓްރާންފަރ ވިންޑޯ މާދަމާއަށް ހަމަވުމުގެ ކުރިން 20 އަހަރު ގެ ޑިފެންޑަރ ޕެޓްރިކް ޑޯރގު އާއި 18 އަހަރުގެ އާސެނަލް ޑިފެންޑަރ އައިޑެން ހެވަން ގެ ސޮއި ހޯދައި މެންޗެސްޓަރ ޔުނައިޓެޑުން މިވަނީ ޑިފެންސް ލައިން ޒުވާން ކޮށްލާފައެވެ.

އާސެނަލްގެ 18 އަހަރުގެ އިނގިރޭސި ޑިފެންޑަރ އައިޑެން ހެވަން 4 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މެންޗެސްޓާ ޔުނައިޓުން ހޯދާފައިވާއިރު 20 އަހަރު ގެ ޑިފެންޑަރ ޕެޓްރިކް ޑޯރގު މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފައި މިވަނީ 30 މިލިއަން ޔޫރޯގެ އެއްބަސްވުމަކާއި 5 މިލިއަން ޔޫރޯގެ އެޑްއޮންސް އަކާއެކު 5 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ޕެޓްރިކް ޑޯރގު ސީނިއާ ފްޓްބޯލް ކެރިއަރ ގައި އިޓަލީގެ ލެއްސެ އަށް 57 މެޗް ކުޅެދީފައިވާއިރު އުމުރުން 13 އަހަރުގައި 2019 ވަނަ އަހަރު އާސެނަލާ ގުޅުނު ޒުވާން ކުޅުންތެރިޔާ އައިޑެން ހެވަން ވަނީ މިދިޔަ އޮކްޓޯބަރު މަހު ޕްރެސްޓަންގައި އީއެފްއެލް ކަޕް ކާމިޔާބުކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލް ޓީމަށް ކުޅެދީ ސީނިއާ ކެރިއަރ ފަށައިފަ އެވެ.

ޑެންމާކްގެ ޔޫތު ޓީމުތަކުން ކުޅުމަށްފަހު ޑޯރގު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނޭޝަންސް ލީގުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސީނިއާ ޑެންމާކުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ