ދީޕިކާ އާއި ރަންވީރަށް ސެޕްޓެމްބަރުގައި ދަރިއަކު ލިބެނީ

ދީޕިކާ އާއި ރަންވީރަށް ސެޕްޓެމްބަރުގައި ދަރިއަކު ލިބެނީ
ލިޔުން:
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަށް ދަރިއަކު ލިބެން އުޅޭކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފިއެވެ.
ދެމަފިރިންގެ އިންސްޓަގްރާމްގައި މިކަން އިއުލާންކޮށް ބުނެފައިވަނީ ދަރިފުޅު އުފަންވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
ދީޕިކާ ބަލިވެއިންކަން ޔަގީންކޮށް ދީފައި މިވަނީ މީޑިއާތަކުން އެ ވާހަކަައް ރިޕޯޓްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އޭނާ އަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމަށް ހަބަރު ފެތުރެންފަށީ މިމަހުގެ 18 ވަނަ ދުވަހު ލަންޑަންގައި އޮތް 77 ވަނަ ބަފްތާގައި އޭނާ ލައިފާ ހުރި ސާރީގައި ބަނޑުފޮރިވުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ބަތަލާ މީގެ ކުރިން ބުނި ގޮތުގައި، ފިރިމީހާ ރަންވީރް އާއި އޭނާ އަކީވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ދެމީހުންނެވެ. އަދި ދެމީހުން ވެސް އާއިލާއެއް ފަށައިގެން ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދިޕިކާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު ބަތަލާއެވެ. 2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ދިޕިކާ، ރަންވީރާއި ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޮމޯ ގައެވެ.
ދީޕިކާ އާއި ރަންވީރަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޑިމާންޑް، މަސައްކަތުގައި ވަރަށް ބިޒީ ދެ ތަރިންނެވެ. މިދިޔަ މަހު ރިލީޒްކުރި "ފައިޓާ" ގެ ބަތަލާ ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ޕްރަބާސްއާ އެކީ ކުޅެފައިވާ "ކަލްކީ" ހިމެނެއެވެ.
އަދި މިދިޔަ އަހަރު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ފެނިގެން ދިޔަ ރަންވީރްގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ޑޮން 3" އެވެ.
ރަންވީރު އާއި ދީޕިކާ އެކުގައި ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި 2013 ގައި ނެރުނު "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ" ހިމެނެއެވެ.
އެންމެ ފަހުން ރަންވީރު އަދި ދީޕިކާ ފެނިފައިވަނީ 2015 ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެން ދިޔަ ސަންޖޭގެ ފިލްމު "ބަޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
