މާލެ: 31°C

ކެވިން ޑިބްރާޔަން ގެ މޮޅު ކުޅުމާއެކު ސިޓީއަށް ލީގުގައި އުންމީދު އާވެއްޖެ

January 14, 2024
3 ފަހަރު ބަލާފައި
ކެވިން ޑިބްރާޔަން ގެ މޮޅު ކުޅުމާއެކު ސިޓީއަށް ލީގުގައި އުންމީދު އާވެއްޖެ
ކެވިން ޑިބްރާޔަން ގެ މޮޅު ކުޅުމާއެކު ސިޓީއަށް ލީގުގައި އުންމީދު އާވެއްޖެ
އިނގިރޭސި ޕްރެމިއާރ ލީގުގައި ނިއުކާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް ސިޓީއިން ކާމިޔާބުކޮށްފިއެވެ. ލީގު ތާވަލްގެ ދެވަނައިގައި އޮތް ސިޓީއިން މި މެޗަށް ނިކުތީ ލީގު ތާވަލްގެ 10 ވަނައިގައި އޮތް ނިއުކާސަލް އާދެކޮޅަށެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ސިޓީ އަށް ހޯދައިދިނީ މެޗް ގެ 26 ވަނަ މިނެޓްގައި ބްރެނާޑޯ ސިލްވާގެ ހިތްގައިމު ލަނޑުންނެވެ. އޭގެ އެންމެ 10 މިނެޓް ފަހުން ނިއުކާސަލް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނިއު ކާސަލް އަށް ކާމިޔާބު ކޮށްދިނީ 35 ވަނަ މިނެޓްގައި އެލެގްޒެންޑަރ އިސާކް އެވެ. އެ ލަނޑައެކު ނިއުކާސަލްގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވީ އޭގެ އެންމެ ދެ މިނެޓް ފަހުން އެންތަނީ އެންތަނީ ގޯޑަން އިތުރު ލަނޑެއްޖަހާ ނަތީޖާ 2-1 އަށް އަނބުރާލުމެވެ. މި ނަތީޖާއާއި އެކު ފުރަތަމަ ހާފް ނިމި ދެވަނަ އާފްގެ 70 ވަނަ މިނެޓާ ހަމައަށް ދިޔައިރު ސިޓީއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ސަބަބަކީ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް ޗެލެންޖެއް ދެވެން އޮތީ މި މެޗް ކާމިޔާބު ކޮށްގެން ކަމަށް ވާތީއެވެ. އެހެން ކަމުން ކޯޗް ގާޑިއޯލާގެ ނިންމުމަކަށްވީ ބެންޗްގައި އިން ތަޖުރިބާކާރު މިޑްފީލްޑަރ ކެވިން ޑިބްރާޔަން ދަނޑަށް ނެރުމެވެ. ޑިބްރާޔަން ކުޅެން ނިކުތުމާއެކު ސިޓީގެ ކުޅުން ރަނގަޅުކޮށް ހަމަލާތަށް ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ހަތަރު މިނެޓްގެ ތެރޭ ޑިބްރާޔަންގެ ހިތްގައިމު ގޯލަކާއެކު ނަތީޖާ ހަމަހަމަ ކޮށްލިއެވެ. އަދި މެޗުން ސިޓީ މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި އުމުރުން ވިހި އަހަރުގެ އޮސްކާ ބޮބް ކާމިޔާބު ކޮށްދިނީވެސް ޑިބްރާޔަންގެ އެސިސްތަކުންނެވެ. މި ނަތީޖާއާއި އެކު ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތް ލިވަރޕޫލާއި ދެވަނައިގައި އޮތް ސިޓީގެ ފަރަގު ވަނީ 2 ޕޮއިންޓަށް ކުޑަވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ