މާލެ: 31°C

ސިޓީމެޗުން ފެނިގެންދިޔައި ޓީމް ރަނގަޅުވަމުން އަންނަކަން: އަޓޭޓާ

April 1, 2024
2 ފަހަރު ބަލާފައި
ސިޓީމެޗުން ފެނިގެންދިޔައި ޓީމް ރަނގަޅުވަމުން އަންނަކަން: އަޓޭޓާ
ސިޓީމެޗުން ފެނިގެންދިޔައި ޓީމް ރަނގަޅުވަމުން އަންނަކަން: އަޓޭޓާ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާ، އާސެނަލް ބައްދަލުކުރި މެޗްގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ މިވަގުތު ޓީމު އޮތް ހާލަތު ކަމަށް އެޓީމްގެ ކޯޗް މިކެލް އަޓޭޓާ ބުނެފިއެވެ. ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާ، އާސެނަލް ބައްދަލުކުރިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗް ކުޅުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައެވެ. މެޗަށްފަހު އާސެނަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އަޓޭޓާ ބުނީ، މެޗުން ތިން ޕޮއިންޓް ނުލިބުނު ނަމަވެސް މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމުގެ ސަބަބުން މެޗުން މޮޅުނުވުމުން އެކަމުގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. "މެޗްގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ކެތްތެރިކަމާއި އަހުލާގް.މެޗުގެ ނަތީޖާއިން ކުޅުންތެރިން ތިބި ހާލަތު ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ. މިއީ ކުޅުންތެރިންނަށް އުނދަގޫވެސް ވި މެޗެއް" އަޓޭޓާ ބުންޏެވެ. އަޓޭޓާ ބުނީ 2016 ވަނަ އަހަރަށްފަހު އިއްތިހާދު ސްޓޭޑިއަމްގައި އާސެނަލް ބަލިވަމުން އަންނަ އައުމުގެ ސިލްސިލާއަށް ނިމުމެއް އަތުވެއްޖެ ކަމަށާއި، މިއީ ލީގްގެ ޗެމްޕިއަންކަން ހޯދުމަށް ލިބިގެންދިޔަ ބާރެއް ކަމަށެވެ. މެޗްގައި ލަނޑުޖަހާނެ ފުރުސަތުތައް ލިބިގެންދިޔަކަން ފާހަގަކުރަމުން އަޓޭޓާ ބުނީ މިމެޗްގެ ނަތީޖާއަކީ ކުރިއަށްއޮތް ލުޓޮން މެޗަށްވެސް ލިބިގެންދާނޭ ހިތްވަރެއް ކަމަށެވެ. [caption id="attachment_100012" align="alignnone" width="800"] ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާ އާސެނަލް ބައްދަލުކުރި މެޗް ނިމުމަށްފަހު އާސެނަލްގެ ކުޅުންތެރިން ދަނޑުމަތީގައި...[/caption] ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މިމެޗް ގިނައިރު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތައް އުފައްދާފައިވަނީ ސިޓީއެވެ. މެޗްގައި ސިޓީން އުފެއްދި ގިނަ ހަމަލާތައް ހުއްޓުވާފައިވަނީ އާސެނަލްގެ ޑިފެންސް ލައިނުންްްނެވެ. ރޭގެމެޗުން އާސެނަލް މޮޅުނުވުމުގެ އެންމެބޮޑު ފައިދާއެއް ލިބުނި ލިވަޕޫލަށެވެ. އާސެނަލް ބަލިވުމުން ރޭ ލިބުނު މޮޅާއެކު ލިވަޕޫލުން ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. އާސެނަލް މިހާރު އޮތީ ތާވަލުގެ ދެވަނާގައެވެ. ސިޓީއާ އެކު ކުޅުނު މެޗުން އާސެނަލް މޮޅުވިނަމަ، ފައިދާ ގޯލުގެ ތަފާތުން އާސެނަލަށް ކުރި ލިބުނީހެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ