ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ލާޒިއޯއިން ވަރުގަދަ ބެޔާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ލާޒިއޯއިން ވަރުގަދަ ބެޔާން ބަލިކޮށްފި
ލިޔުން:
ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވަރުގަދަ ބެޔާން މިއުނިކް ބަލިކޮށް ލާޒިއޯއިން ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.
ލާޒިއޯގެ ގެ ހޯމް ދަނޑުގައި ކުޅެވުނު މި މެޗް އެޓީމުން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
ރޭގެ މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓަގެން މޮޅަށް ކުޅެ ގިނަ އެޓޭކް ތަށް އުފައްދާފައިވަނީ ބެޔާން މިޔުނިކުންނެވެ. އެހެން ނަމަވެސް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ރޭގެ މެޗްގައި ބެޔާން މިޔުނިކަށް ފޮނުވާލެވިފައެއް ނުވެއެވެ.
ދިފާއަށް އިސްކަންދީގެން ލިބޭ ހަނި ފުރުސަތު ތަކުގައި ކުރިއަށް އަރާ ކުޅެމުންދިޔަ ލާޒިއޯއަށް މެޗްގެ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފޯވަރޑް ސީރޯ އިމޯބިލޭ އެވެ.
މި ޕެނަލްޓީ ލާޒިއޯއަށް ލިބުނީ ބެޔާންގެ ޑިފެންޑަރ އުޕެމެކާނޯ ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން އުޕެމެކާނޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން މެޗްގެ ބާކީ ބައި ބެޔާނުން ފުރިހަމަ ކުރީ 10 ކުޅުން ތެރިންނާ އެކީގައެވެ.
ރޭގެ މެޗް ކާމިޔާބު ކުރެވުނަސް ލާޒިއޯއަށް ކުއާޓާފައިނަލްގެ ޖާގައެއް އަދި ކަށަވަރުވާނީ މި މެޗްގެ ދެވަނަލެގަށްފަހުގައެވެ. އެ މެޗް ކުޅެވޭނީ ބެޔާން މިއުނިކްގެ ދނަޑުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
