މާލެ: 31°C

ކާބޯ ކަޕް ގެ ފައިނަލަށް ލިވަރޕޫލާއި ޗެލްސީ، ފައިނަލް ފެބްރުއަރީ 25 ގައި

January 25, 2024
3 ފަހަރު ބަލާފައި
ކާބޯ ކަޕް ގެ ފައިނަލަށް ލިވަރޕޫލާއި ޗެލްސީ، ފައިނަލް ފެބްރުއަރީ 25 ގައި
ކާބޯ ކަޕް ގެ ފައިނަލަށް ލިވަރޕޫލާއި ޗެލްސީ، ފައިނަލް ފެބްރުއަރީ 25 ގައި
އިނގިރޭސި އެފް އޭ ކަޕަށްފަހު އެގައުމުގައި އަދި މުޅި ދުނިޔޭގައިވެސް ކުޅެވޭ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ލީގު ކަޕް ނުވަތަ ކާރބޯ ކަޕް  ފައިނަލްގެ ފައިނަލަށް ލިވަރޕޫލާއި ޗެލްސީ ދަތުރުކޮށްފި އެވެ.

ލިވަޕޫލުން 14 ވަނަ ފަހަރަށް ލީގު ކަޕްގެ ފައިނަލް ޔަގީންކުރީ ރޭ ފުލަމްގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗު 1-1 އިން އެއްވަރު ކޮށްގެންނެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކޮށްފައި އޮތުމުން ރޭގެ ނަތީޖާއާއެކު އެޓީމު ފައިނަލަށް ދިޔައީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޗެލްސީ އިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދެ ލެގް ވެސް ކާމިޔާބުކޮށް 2-6 އެގްރިގޭޓުން މިޑްލްސްބަރާ ގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

2022 ވަނަ އަހަރު ލީގު ކަޕްގެ ފައިނަލްގައި ވާދަކޮށްފައިވަނީ ހަމަ މި ދެޓީމުންނެވެ. އެފަހަރު ޕެނަލްޓީޖަހައިގެން ނަތީޖާނެރެ ތަށި އުފުލައިލީ ލިވަޕޫލުންނެވެ. އެއީ އެންމެފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފަހަރެވެ. ލިވަޕޫލަށް މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ތަށްޓެއް ނުހޯދިއެވެ. އެހެންކަމުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ވެމްބްލީގައި އޮންނަ ފައިނަލަށް އެޓީމު ނުކުންނާނީ މި ސީޒަނުގައި ތަށްޓެއް ޔަގީންކުރުމަށެވެ.

މީގެ 64 އަހަރު ކުރިން 1964 ވަނައަހަރު އިންގްލެންޑާއި ވޭލްސް ގެ ބައިވެރިވުން އޮންނަގޮތަށް ފެށުނު މި މުބާރާތަކީ ލީގް ކަޕް ކަމުގައި ވިޔަސް މުބާރާތުގެ ނަން ކޮންމެ ސްޕޮންސަރ އެއްބަސްވުމަކާ ގުޅިގެން ބަދަލުވެއެވެ. އެގޮތުން މިހާރުގެ ސްޕޮންސަރ ކާރބޯ އެނެރޖީ ޑްރިންކްގެ ނަމާއެކު މުބާރާތުގެ ނަން ވެސް ވަނީ ކާބޯ ކަޕަށް ބަދަލުކުރެވިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ