އިނގިރޭސި ލީގު ކަޕް ގެ ސެމީ ފައިނަލް ގައި ޗެލްސީ އާއި ލިވަރޕޫލަށް އުނދަގޫ ދެމެޗް

އިނގިރޭސި ލީގު ކަޕް ގެ ސެމީ ފައިނަލް ގައި ޗެލްސީ އާއި ލިވަރޕޫލަށް އުނދަގޫ ދެމެޗް
ލިޔުން:
އިނގިރޭސި އެފް އޭ ކަޕަށްފަހު އެގައުމުގައި އަދި މުޅި ދުނިޔޭގައިވެސް ކުޅެވޭ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ލީގު ކަމުގައިވާ ލީގު ކަޕް ނުވަތަ ކާރބޯ ކަޕް ގެ ސެމީ ފައިނަލް ގައި މިރޭ ޗެލްސީ އާއި މިޑްލްސްބަރާ ބައްދަލު ކުރާއިރު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މާދަމާރޭ ބައްދަލކުރާނީ މަޝްހޫރު ލިވަރޕޫލާއި ފުލްހަމް އެވެ.
ލީގުގައި މިހާތަނަށް އާދައިގެ ކުޅުމެއް ދައްކަމުން އަންނަ ޗެލްސީއަށް މިރޭގެ މެޗް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މި ސީޒަންގައި އެންމެ ގާތުގައި ހޯދެން އޮތް ކާމިޔާބަކީ ލީގު ކަޕަށްވުމެވެ. ސެމީގައި ޗެލްސީއާއި ވާދަކުރާ މިޑްލްސްބަރާ އަކީ ވެސް ފަސޭހަ ޓީމަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް ނޮކްއައުޓް އުސޫލުން ކުޅޭ މެޗް ތަކުގައި ގިނަފަހަރަށް ފެންވަރުގެ ގޮތުން ދައްކަމަށް ފެންނަ ޓީމްތަކުގެ ކުޅުން ވަރުގަދައެވެ.
ސެމީ ފައިނަލަށް ޗެލްސީ ދަތުރުކުރި މެޗަށްފަހު އެޓީމްގެ ކޯޗް ބުނެފައިވަނީ ޗެލްސީއަށް މިވަގުތަށް އެންމެ މުހިންމީ ލީގް ކަޕް ހޯދުން ކަމުގައެވެ. އެހެން ކަމުން ފައިނަލަށް ދަތުރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޓީމުން ކުރާނެއެވެ. ފައިނަލަށް ދަތުރު ކުރ ޓީމެއް ކަނޑައެޅޭނީ ދެ ލެގަށް ކުޅޭ ސެމީގެ ދެމެޗްގެ ނަތީޖާއަށް ބަލައިގެންނެވެ.
ދެމީގެ ދެވަނަ މެޗްގައި ޕްރެމިއާލީގުގެ ކުރީގެ މަޝްހޫރު ކްލަބް ފުލަމް އާއި ވާދަކުރާނީ ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތް ލިވަރޕޫލެވެ. ލިވަރޕޫލަށް މި މެޗް އުނދަގޫވާނެ އެންމެ ބޮޑު އެއްސަބަބަކީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިން ތަކެއް އަނިޔާގައި ތިބެން ޖެހުމެވެ.
މީގެ 64 އަހަރު ކުރިން 1964 ވަނައަހަރު އިންގްލެންޑާއި ވޭލްސް ގެ ބައިވެރިވުން އޮންނަގޮތަށް ފެށުނު މި މުބާރާތަކީ ލީގް ކަޕް ކަމުގައި ވިޔަސް މުބާރާތުގެ ނަން ކޮންމެ ސްޕޮންސަރ އެއްބަސްވުމަކާ ގުޅިގެން ބަދަލުވެއެވެ. އެގޮތުން މިހާރުގެ ސްޕޮންސަރ ކާރބޯ އެނެރޖީ ޑްރިންކްގެ ނަމާއެކު މުބާރާތުގެ ނަން ވެސް ވަނީ ކާބޯ ކަޕަށް ބަދަލުކުރެވިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
