މާލެ: 31°C

އެފްރިކަން ކަޕް: މިސްރާ ގާނާ އެއްވަރުވި މެޗްގައި ސަލާހުއަށް އަނިޔާވެއްޖެ

January 19, 2024
3 ފަހަރު ބަލާފައި
އެފްރިކަން ކަޕް: މިސްރާ ގާނާ އެއްވަރުވި މެޗްގައި ސަލާހުއަށް އަނިޔާވެއްޖެ
އެފްރިކަން ކަޕް: މިސްރާ ގާނާ އެއްވަރުވި މެޗްގައި ސަލާހުއަށް އަނިޔާވެއްޖެ
އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ މިސްރާ ގާނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. އައިވަރީ ކޯސްޓުގެ އަބިދްޖާންގައި ކުޅުނު މިމެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނީ، ގާނާއެވެ. އެއީ މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އަބުދުލް ސަމެދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެސްޓްހޭމަށް ކުޅެމުން އަންނަ ފޯވަޑް މުހައްމަދު ކުޑުސް ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން ދެ ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހުއެވެ. ކުޑުސްގެ މި ލަނޑަށްފަހު 71 ވަނަ މިނެޓް ތެރޭގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި 7 ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު ސަލާހުގެ މިސްރު ހާސްކޮށްލާފައެވެ. މި ލަނޑުގެ ކުރިން މުހައްމަދު ސަލާހުއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މެޗްގައި މިސްރުން ލަނޑެއް ޖެހީ 69 ވަނަ މިނެޓް ތެރޭގައި އޮމަރު މަރްމޯސްއެވެ. މެޗުން މިސްރު ބަލިނުވެ ސަލާމަތްވީ 74 ވަނަ މިނެޓް ތެރޭގައި މުސްތަފާ މުހައްމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން މިސްރުގެ ކޯޗް ރުއި ވިޓޯރިއާ ބުނީ ސަލާހުއަށް ލިބުނު އަނިޔާ އާ ގުޅޭ ގޮތުން އެއްޗެއް ބުނަން އަދި މާ އަވަސްކަމަށެވެ. އުއްމީދުކުރަނީ އެހާބޮޑު އެންޖަރީއަކަށް ނުވާނެކަމަށް ކޯޗް ބުންޏެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ގްރޫޕް ބީގައި ކުޅޭ ދެވަނަ މެޗް އޮންނާނީ މިރެއެވެ. ބައްދަލުކުރާނީ ކޭޕް ވާޑޭން އާއި މޮޒަމްބީގެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ތިން ޕޮއިންޓާއެކު އެއްވަނައިގަ އުޅެނީ ކޭޕް ވާޑޭ އެވެ. ކުޅޫނު ދެމެޗް އެއްވަރުވެ، ދެ ޕޮއިންޓާއެކު މިސްރު ދެވަނާގައި އުޅޭއިރު، ތިންވަނާގައި އުޅެނީ އެއް ޕޮއިންޓާއެކު މުޒަމްބީގެވެ. ތާވަލުގެ އެންމެ ފުލުގައި ގާނާއަށްވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ