މާލެ: 31°C

ބޮލީވުޑްގެ މި ތަރިންގެ ދިރިއުޅުމުން ދިވެހި ފިރިހެނުން ދަސްކުރަންވީ ކަމެއް

May 4, 2023
2 ފަހަރު ބަލާފައި
ބޮލީވުޑްގެ މި ތަރިންގެ ދިރިއުޅުމުން ދިވެހި ފިރިހެނުން ދަސްކުރަންވީ ކަމެއް
ބޮލީވުޑްގެ މި ތަރިންގެ ދިރިއުޅުމުން ދިވެހި ފިރިހެނުން ދަސްކުރަންވީ ކަމެއް
ދިވެހިންނާ ބޮލީވުޑާ އަބަދުވެސް އޮންނަނީ ވަރަށް ގާތް ހާއްސަ ގުޅުމެއްކަން އެންމެންވެސް ދަނެއެވެ. ބޮލީވުޑްގެ ތަރިން ނަކަލުކުރުމާ އެމީހުން އުޅޭ ގޮތަށް އުޅެން ދިވެހިން މަސައްކަތްކުރާ ކަމަކީ އަބަދުވެސް އޮންނަކަމެކެވެ. ރިތިކް ރޯޝަން ނަށާ ގޮތަށް ނަށަންބޭނުންވާ ދިވެހި ޒުވާނުން އުޅެއެވެ. އާމިރްހާން އާއި ސަލްމާންހާން އުޅޭހެން އުޅެން ބޭނުންވާ މީހުންވެސް އުޅެއެވެ. ސައިފް އަލީހާނާ އަރުޖުން ރާމްޕާލް ފަދަ ރީތިކަންހޯދަން މަސައްކަތް ކުރާ ދިވެހި ފިރިހެނުން ވެސް މަދެއްނޫނެވެ. ނަމަވެސް މިފަހަރު މި ދައްކަން އުޅެނީ ބޮލީވުޑްގެ މި ތަރިންގެ ދިރިއުޅުމުން ދިވެހި ފިރިހެނުން ދަސްކުރަންވީ އެހެން ފިލާވަޅެއްގެ ވާހަކައެވެ. ވަރި ގިނަ ދިވެހި މުޖުތަމައުއަށް އިބުރަތަކަށް ވެދާނެކަމެކެވެ. ރާއްޖޭގައި އެހާ ވަރި ގިނައިރު އާންމުކޮށް ފެންނަ މަންޒަރަކީ ، ވަރިކުރުމަށް ފަހު ، ދަރިން ބެލުމުގެ ހުރިހާ ޒިންމާއެއް އަންހެނުން ނުވަތަ ކޮންމެވެސް އެކަކު އުފުލާތަނެވެ. ބޮލީވުޑްގެ މިތަރިންނަކީ ވަރިވުމަށް ފަހުވެސް "ކޯ-ޕޭރެންޓިން" ކުރާ ތަރިންނެވެ. ކޯ-ޕޭރެންޓިން އަކީ ވަރިވުމަށްފަހު ދެމަފިރިން ހިއްސާވެގެން ކުދިންގެ ކަންކަންކޮށް ކުދިން ބަލާބޮޑުކުރުމެވެ. ބައެއް ދިވެހިންނަށް މިކަމަކީ ވަރަށް އާ ވަރަށް އޮޑު ކަމެކެވެ. ނަމަވެސް މި ތަރިންނަށް އެކަން  ކުރެވޭ އިރު ދިވެހިންނަށް ވެސް ނުވާންވީ ސަބަބެއް ނެތެވެ. އާމިރު ޚާން  2021ގައި ވަރިވިފަހުން ވެސް އާމިރު ހާނާއި ކިރަން ރާއޯ އެކުގައި ދަރިފުޅު އާޒާދު ބެލުމުގައި ހިއްސާވެއެވެ. މީގެ އިތުރުން މިދެތަރިން އެކުގައި ކުރާ ވިޔަފާރިއަށް ބަދަލެއް ނުގެނެއެވެ. އަދި އެކުވެރިކަން ބާއްވާ އެކުގައި ތަންތަނަށް ވެސް ދެއެވެ. މީގެ އިތުރުން އާމިރް ހާންއަކީ އޭނާގެ ދޮށީ ދެދަރިންގެ ކަންކަންކަން ވެސް ވަރަށް ގާތުން ބަލާ އެކުދިންގެ މަންމައާވެސް އެކުވެރިކަން ބާއްވާ ތަރިއެކެވެ. އާމިރުގެ ދޮށީ އަންހެން ދަރިފުޅުގެ އުފަންދުވަހުގެ ފޮޓޯތަކުގައި މުޅި އާއިލާ ބައިވިރިވިތަންވެސް ފެނެއެވެ. އޭގެ ތެރޭގައި ފަހުގެ އަނބި ކިރަންވެސް ހިމެނެއެވެ. އަރުޖުން ރާމްޕާލް  އަރުޖުން އޭނާގެ އަންހެނުން މެހެރް އާއި 2019 ގައި ވަކިވިނަމަވެސް އޭނާގެ ދެ އަންހެންދަރިންގެ ހުރިހާކަމެއްގައި ވެސް ބައިވެރިވެއެވެ. ރިތިކް ރޯޝަން   ރިތިކް ރޯޝަން އާއި ސުޒޭން ހާން ވަކިވި ނަމަވެސް ދެ ފިރިހެން ކުދިން ކަމަށްވާ ރެހާން އާއި ރިދާން ގެ ހުރިހާކަމެއްގައި ވެސް ދެމީހުން ބައިވެރިވެއެވެ. އަދި އާއިލާ އެކުގައި ޗުއްޓީ ހޭދަކުރާތަން ވެސް ފެނެއެވެ. އަރްބާޒް ޚާން އަރްބާޒް އާއި މަލައިކާ ވަރިވެ، ދެމީހުން ވެސް އެހެން ބައިވެރިންނާ ގުޅިގެން އުޅުނަސް، ހަމައެނި ދަރިފުޅު އަރްހާން ގެ ކަންކަމުގައި އެކުގައި އުޅެއެވެ. ދާދިފަހުން އަރްހާން ފުރުވަން އެއާޕޯޓަށް ދެމީހުން އެކުގައި ގޮސް ތިއްބާވެސް ފެންނަ ވީޑިއޯ އާންމުވިއެވެ. ފަރްހާން އަހްތަރު  ފަރްހާން އަހްތަރުގެ ކައިވެނި 2017 ވަނަ އަހަރު ނިމުމަކަށް އައިސްފައި ވީ ނަމަވެސް ދެ އަންހެން ދަރިންގެ ކަންތައްތައް ބަލަހައްޓަނީ ގުޅިގެންނެވެ. ސައިފް އަލީ ޚާން ސައިފްއާއި އަމްރިތާ، އެކަކު އަނެކަކާ ވާހަކަދައްކާ އުޅެތަން ނުފެނުނަސް، ކުދިންގެ ކަންކަމުގައި ސައިފްއަކީ ވަރަށް ރަނޅުބައްޕައެކެވެ. ސައިފް ދޮށި ދަރިފުޅު ސާރާގެ އިންޓަވިއުތަކުގަ " މަންމައާ ބައްޕަ ވަކިވެ، މަންމައާއެކު އުޅުނަސް، ބައްޕަ އަބަދުވެސް ހުންނަނީ ، ފޯނުކޯލެއްގެ ދުރުމިނުގަ" ކަމަށް ބުނެއެވެ. ކޮންމެ ބަޔަކު ކުރިޔަސް ރަނގަޅުކަމެއްވާނީ ރަނގަޅުކަމަކަށެވެ. މިތަރިން ފަދައިން ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާއާ ރީތިކޮށް ވާހަކަ ދައްކާ މައްސަލަ ނުޖެހި ، ކުދިންގެ ކަންކަން މަޝްވަރާކޮށް ހަދާ ދިވެހިން ވަރަށް މަދެވެ. އިންސާނީ ތަބީއަތުގައި ހުންނަގޮތުން، ނުހައްގުން ނުވަތަ ގޯސްކޮށް ކަންތައް ކުރާ މީހަކަށް މާފް ކުރުމަކީ އުނދަކޫ ކަމަކަށްވާތީ، ކުރީގެ ބައިވެރިޔާއަށް މާފްކޮށް ހިތް ސާފްކުރަން އުނދަގޫ ވަނީއެވެ. ނަމަވެސް އެއީ ވަރީގެ ސަބަބަން ކުދިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަވާކަމެކެވެ. ވަރިކުރަނީ އަނބިމީހާއެވެ. ދަރިންނާ ވަކިވާކަށް ނުޖެހެއެވެ. ހަމަ އެހެން އަންހެނުން ވެސް ދަރިންގެ ބައްޕައާ ދަރިން ދުރުކުރުމުން އެކުދިންނަށް ކުރާ ނޭދެވޭ އަސަރު ވިސްނަންޖެހެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ