މާލެ: 31°C

ވާދަވެރި ބާސެލޯނާ ފަސޭހަކަމާއެކު ބަލިކޮށް ރެއާލް އިން ސުޕަރކަޕް ކާމިޔާބު ކޮށްފި

January 15, 2024
3 ފަހަރު ބަލާފައި
ވާދަވެރި ބާސެލޯނާ ފަސޭހަކަމާއެކު ބަލިކޮށް ރެއާލް އިން ސުޕަރކަޕް ކާމިޔާބު ކޮށްފި
ވާދަވެރި ބާސެލޯނާ ފަސޭހަކަމާއެކު ބަލިކޮށް ރެއާލް އިން ސުޕަރކަޕް ކާމިޔާބު ކޮށްފި
ސްޕެއިންގެ ސުޕަރކަޕް ގެ ފައިނަލްގައި ވާދަވެރި ބާސެލޯނާ ފަސޭހަކަމާއެކު ބަލިކޮށް ރެއާލް މެޑްރިޑުން އެ މުބާރާތް ކާމިޔާބު ކޮށްފިއެވެ. ސްޕެއިން އާއި އަދި ޔޫރަޕްގައިވެސް އެންމެ ވާދަވެރި ފޯރިގަދަ އެއް މެޗްގެ ގޮތުގައި އަބަދުވެސް ބެލެވޭ "އެލް ކްލެސިކޯ" ގެ ނަމުން މަޝްހޫރު މި މެޗް ގައި ރެއާލް އިން މެޗް ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ސައުދީ އަރަބިއްޔާގެ ރިޔާދުގެ އަލް އައްވަލް ޕާކްގައި ރޭ ކުޅެވުނު މެޗްގެ އެންމެ 7 މިނެޓް ތެރޭގައި ރެއާލްއިން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާފައެވެ. އަދި އޭގެ އެންމެ 3 މިނެޓް ފަހުން ދެވަނަ ލަނޑު ޖެހީ މިޗްގެ 10 ވަނަ މިނެޓްގައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާރޑް ވިނީސިއަސް އެެވެ. މި ދެލަނޑަށްފަހު ހަމަޖެހިލައިގެން ކުޅެމުންދިޔަ ރެއާލްގެ ކޮޅަށް ބާސާ އިން މެޗްގައި ޖެހި ހަމައެކަނި މެޗް 33 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ރޮބާރޓް ލެވޮންޑެންސްކީ އެވެ. ނަމަވެސް އޭގެ 6 މިނެޓްފަހުން ރެއާލް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ވިނީސިއަސް ވަނީ ހެޓްރިކްހަދާ ތަފާތު ބޮޑުކޮށްފައެވެ. މެޗްގައި ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފްގައި ރޮޑްރިގޯއެވެ. މާބޮޑު ވާދަވެރި ކަމެއް ފެނިގެން ނުދިޔަ މި މެޗްގައި ގިނަ ލަނޑުޖަހާ ގިނަ ހަމަލާ އުފައްދާފައިވެސް ވަނީ ރެއާލް މެޑްރިޑުންނެވެ. ނަމަވެސް މުޅި މެޗަށް ބަލާއިރު ގިނަވަގުތު ބޯޅަ ހިފަހައްތައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މީގެ 42 އަހަރު ކުރިން 1982 ވަނަ އަހަރު ފުރަތަމަ ބޭއްވުނު މި މުބާރާތް މިހާރު ކުޅެވޭ ގޮތަށް ފޯމެޓް ބަދަލު ކުރެވިފައިވަނީ 2019/20 ގެ ސީޒަނުން ފެށިގެންނެވެ. ރޭ ގެ ފައިނަލް މެޗް ކުޅެވިފައިވަނީ 25000 މީހުންގެ ޖާގައިގެ، ރިޔާދުގެ އަލް އައްވަލް ސްޓޭޑިއަމްގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ