މާލެ: 31°C

ބާކީ 9 މެޗް އޮއްވައި ލިވަޕޫލް އަށް 16 ޕޮއިންޓްގެ ލީޑެއް

March 9, 2025
355 ފަހަރު ބަލާފައި
ބާކީ 9 މެޗް އޮއްވައި ލިވަޕޫލް އަށް 16 ޕޮއިންޓްގެ ލީޑެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ 9 މެޗް އޮއްވައި 16 ޕޮއިންޓްގެ ލީޑެއް ލިވަޕޫލް ހޯދައިވިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ 9 މެޗް އޮއްވައި 16 ޕޮއިންޓްގެ ލީޑެއް ލިވަޕޫލް ހޯދައިވިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އާއި ބައްދަލުކުރި މެޗު 3-1 އިން ބަލިކުރުމުން ލިބުނު 3 ޕޮއިންޓާއެކު 70 ޕޮއިންޓް ހޯދައިގެން ލިވަޕޫލް ލީގުގެ 1 ވަނާގައި އޮތީ 2 ވަނާގައި އޮތް އާސެނަލްއަށްވުރެ އިތުރަށް 16 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް އާސެނަލް އަށް 54 ޕޮއިންޓް ލިބިފައިވަނީ ލިވަފޫޅްއަށްވުރެ 2 މެޗް މަދުން ކުޅެގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ސައުތެމްޓަން އިންނެވެ. އެ ގޯލަކީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސައުތެމްޓަން ގެ ވިލް ސްމޯލްބޯން ކާމިޔާބްކޮށްދިން ގޯލްއެކެވެ.

މެޗުގެ 51 ވަނަ މިނެޓްގައި ޑާވިން ނުނޭޒް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ 3 މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 3 ވަނަ ގޯލަކީ މެޗްގެ 88 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީއަކުން ސަލާހް ކާމިޔާބުކޮށްދިން ގޯލެކެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ