އަޔުޝްމަން ކުރާނާގެ ބައްޕަ މަރުވެއްޖެ

އަޔުޝްމަން ކުރާނާގެ ބައްޕަ މަރުވެއްޖެ
ލިޔުން:
މަޝްހޫރު އެކްޓަރު/ލަވަކިޔުންތެރިޔާ އަޔުޝްމަން ކުރާނާގެ ބައްޕަ މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕަންޑިތް ޕީ ކުރާނާ މަރުވީ މިއަދު ހެނދުނު 10:30 ހާއިރު، އިންޑިއާގެ އަވަށެއް ކަމަށްވާ މޮހާލީގައި ހުންނަ ފޯޓިސް ހޮސްޕިޓަލުގައި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ދެބެން ކަމަށްވާ އަޔޫޝްމާން އާއި އަޕަރޝަކްތީ ސޯޝަލް މީޑިއާގައި އާންމުކުރި ތަސްވީރުތަކުން ފެނިގެންދަނީ ބައްޕައާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
މިއަދު ހަވީރު ވަނީ އޭނާގެ ހަށިގަނޑު އަންދާލުމުގެ އެންމެފަހު މަރުހަލާ ޗަންދީގަރުގެ މަނިމާޖްރާ އަންދާލާ ސަރަހައްދުގައި ކުރިޔަށް ގެންގޮސްފައެވެ.
ޕަންޑިތު ޕީ މަޝްހޫރުވެފައިވަނީ ފަލަކީ ދާއިރާގެ ތަޖުރިބާ ކާރެއްގެ ގޮތުގައެވެ. އޭނާ ވަނީ އެ މައުޟޫއާ ބެހޭ ގިނަ ފޮތްތަކެއް ވެސް ލިޔެފައެވެ. އަދި އޭނާގެ އިލްމުގެ ސަބަބުން ފަލަކީ މުޖުތަމައުގެ ތެރޭގައި އޭނާއަށް އިންތިހާއަށް ވަނީ އިހްތިރާމް ލިބިފައެވެ.
އަޔުޝްމަން ކުރާނާ އަކީ އިންޑިއާގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެކްޓަރެއް އަދި ލަވަކިޔުންތެރިއެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ޑްރީމް ގާލް 2" އިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
