މާލެ: 31°C

އާސިމްގެ "ޚަދީޖާ" މިއަދު އޮލިމްޕަހުގައި އަޅުވަނީ

March 1, 2024
3 ފަހަރު ބަލާފައި
އާސިމްގެ "ޚަދީޖާ" މިއަދު އޮލިމްޕަހުގައި އަޅުވަނީ
އާސިމްގެ "ޚަދީޖާ" މިއަދު އޮލިމްޕަހުގައި އަޅުވަނީ
އަޙްމަދު އާސިމްގެ ‘ތުރުކަސް ފިލްމްސް‘ އިން އުފެއްދި ކުރުފިލްމު، 'ޚަދީޖާ' މިއަދު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިއްޖެ އެވެ. ހުނަރުވެރި މޮޅު އެކްޓަރެެއްގެ އިތުރުން އެޑިޓިންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ އާސިމް، ޑައިރެކްޓް ކުރާ ސިލްސިލާ އެއްގެ ފުރަތަމަ ފިލްމު ހަދީޖާ މިއަދު އަޅުވަން ހަމަޖެހިފައިވާ އިރު ، އެފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ ވަރަށް މަދު ޝޯ ތަކެއްކަމަށް އާސިމް ބުނުއްވިއެވެ. އާސިމް ބުނުއްވީ، މިއީ ތުރުކަސް ފިލްމްސްއިން ނެރެމުން އަންނަ “ވިހާލި” ސީރީޒްގެ ސީޒަން 2ގެ ފުރަތަ ބައި ކަމަށެވެ. މި ސީރީޒްގެ ދަށުން ކުރިއަށް އަދި ފަސް ވާހަކަ (ކުރު ފިލްމު) ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ނިންމައިލީ ހަތަރު ވާހަކައެއް ގެނެސްދިނުމަށް ފަހުގައި ކަމަށް އާސިމް ބުންޏެވެ. ކުރު ފިލްމު “ޚަދީޖާ”ގެ ރަސްމީ ޓްރެއިލާއެއް މިމަހު 24 ވަނަ ދުވަހުުު ޔޫޓިއުބްގައި އާއްމުކޮށްފައިވެއެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ދިވެހި މުޖުތަމަޢުގައި އެންމެންނަށް އެނގޭ ބޮޑު ސިއްރު' ގޮތުގައި ހިނގާ ބޮޑު މައްްސަލައެއެކެވެ. ޓްރެއިލާ ވަރަށް ޝައުގުވެރިއެވެ. [embed]https://youtu.be/EIIbHJ_dlTM?si=STxZvHcUspica-co[/embed] ހުނަރުވެރި އެކްޓަރު ރަވީ ފާރޫގު ލީޑް ކުޅޭ މި ފިލްމުގައި ނަތާޝާ ޖަލީލުގެ އިތުރުން އަހުމަދު ނިމާލް ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނެއެވެ.
  • މި ފިލްމު ލިޔެ ޑައިރެކްޓްކުރީ: އަޙްމަދު އާސިމް
  • މަންޒަރުތައް ވީޑިއޯކުރީ: އިބްރާހީމް މޫސާ (ދަބާ) އަދި އައިމަން
  • މައިގަނޑު ތަރިން: ރަވީ ފާރޫޤް، ނަތާޝާ ޖަލީލް އަދި އަޙްމަދު ނިމާލް
  • އެޑިޓިންގ: އަޙްމަދު އާސިމް
  • ޕޯސްޓް ޕްރޮޑަކްޝަން: އައިމަން އަދި ރަފްހާން
  • ލޮކޭޝަން: ކ. ކާށިދޫ
މީގެ އިތުރުން ކ. ކާށިދޫގެ ވަރަށް ހުނަރުވެރި ބައިވެރިންތަކެއް މި ކުރު ފިލްމުން ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ބުނުއްވިއެވެ. މި ފިލްމުގެ ޓިކެޓް މިހާރު ވިކެމުންދާ އިރު،  ބުކިން ހެއްދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން 7755569 ނަންބަރަށް ގުުޅައިގެން ނުވަތަ ‘ތުރުކަސް ފިލްމްސް’ގެ ފޭސްބްކް ޕޭޖަށް ޑައިރެކްޓް މެސެޖްކޮށްގެން ބުކިން ހަދާލެވޭނެ އެވެ. "ޚަދީޖާ" ގެ ޝޯތައް ދެއްކުމަށް ހަމަޖެހިފައިވަނީ:
  • 01 މާރިޗް 2024، ހުކުރު – ޕްރިމިއާ ޝޯ (ފުރަތަމަ ޝޯވ)  16:00
  • 01 މާރިޗް 2024، ހުކުރު – ދެވަނަ ޝޯ 17:00 02 މާރިޗް 2024، ހޮނިހިރު – ތިންވަނަ ޝޯ 16:00
  • 02 މާރިޗް 2024، ހޮނިހިރު – ހަތަރުވަނަ ޝޯ 21:00
  • 02 މާރިޗް 2024، ހޮނިހިރު – ފަސްވަނަ 23:00
  • 03 މާރިޗް 2024، އާދީއްތަ – ހަވަނަ ޝޯ 16:00
  • 03 މާރިޗް 2024، އާދީއްތަ – ހަތްވަނަ ޝޯ 21:00
  • 03 މާރިޗް 2024، އާދީއްތަ – އަށްވަނަ ޝޯ 23:00
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ