މާލެ: 31°C

އޭޝިއަން ކަޕް: ފައިނަލްގެ ދެވަނަ ޖާގަ ގަތަރަށް

February 8, 2024
38 ފަހަރު ބަލާފައި
އޭޝިއަން ކަޕް: ފައިނަލްގެ ދެވަނަ ޖާގަ ގަތަރަށް
އޭޝިއަން ކަޕް: ފައިނަލްގެ ދެވަނަ ޖާގަ ގަތަރަށް
އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ފައިލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ގަތަރުން ކަށަވަރު ކޮށްފިއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗް ގައި ގަތަރުން ފައިނަލަށް ދަތުރުކުރީ އިރާން ގެ މައްޗަށް 3-2 ގެ ނަތީޖާއަކުން  ކުރިހޯދައިގެންނެވެ. ރޭގެ މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދާފައިވަނީ އިރާން އިންނެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ގަތަރުންވެސް އިރާން ގޯލަށް ނުރައްކާ ކުރެއެވެ. މެޗްގައި އިރާން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ވަރަށް ކުރީކޮޅު 4 ވަނަ މިނެޓްގައި އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ސަރްދާރް އަޒްމޫން އެވެ. މިލަނޑާއެކު ލީޑްނަގައި ހަމަޖެހިލި އިރާން އަށް އެ ލީޑް މާ ގިނައިރު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. 17 ވަނަ މިނެޓްގައި ގަތަރުގެ ޖާސިމް ޖަބަރ ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އަކްރަމް އަފީފް ކާމިޔާބު ކޮށްދިން ގޯލާއި އެކު ފުރަތަމަފަހަރަށް މެޗްގައި ގަތަރުން ލީޑް ނެގިއެވެ. ނަމަވެސް ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް އިރާން އިން ވަނީ މެޗްގެ 55 މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލިރޭޒާ ޖަހަން ބަކްޝް އެވެ. މެޗްގައި ގަތަރު މޮޅުކޮށްދީ އެޓީމް މި މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ގޯލް ކާމިޔާބު ކޮށްދިނީ 82 ވަނަ މިނެޓްގައި ގަތަރުގެ ފޯވަޑް އަލްމޮއެޒް އަލީ އެވެ. ޖޯޑަން އާއި މި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެގަޑިން 8:00 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ