މާލެ: 31°C

އޭޝިއަން ކަޕްގެ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ސައުދީ ދެވަނަ ބުރަށް ދަތުރު ކޮށްފި

January 25, 2024
3 ފަހަރު ބަލާފައި
އޭޝިއަން ކަޕްގެ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ސައުދީ ދެވަނަ ބުރަށް ދަތުރު ކޮށްފި
އޭޝިއަން ކަޕްގެ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ސައުދީ ދެވަނަ ބުރަށް ދަތުރު ކޮށްފި
އޭ އެފްސީ އޭޝިއަން ކަޕްގެ ފުރަތަމަ 2 މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސައުދީ އަރަބިއްޔާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ. ސައުދީ ހިމެނޭ ގްރޫޕްގައި ބާކީ އެއް މެޗް އަދި އޮތް އިރު އެޓީމް ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ފުރަތަމަ ދެމެޗްގައި ކިރްގީސްތާނާއި އޮމާން ބަލިކުރުމަށްފަހުގައެވެ. ގްރޫޕްސްޓޭޖްގެ ފަހުމެޗްގައި ސައުދީ އަަރަބިއްޔާއިން މިރޭ ނިކުންނާނީ އެ ގްރޫޕްގެ ދެވަނައިގައި އޮތް ތައިލެންޑާ ދެކޮޅަށެވެ. އެ ގްރޫޕްގެ ފަހު ދެމެޗް ވެސް ކުޅެވޭނީ މިރޭ މާލޭގަޑިން 8 ޖަހާއިރުއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި މިރޭ ސައުދީ އަރަބިއްޔާ އާއި ތައިލެންޑް ވާދަކުރާ މެޗް ކުޅެވޭނީ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައެވެ. ސައުދީ އަރަބިއްލާ އަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރާ މުބާރާތުގެ އެންމެ ފޭވަރިޓް އެއް ޓީމެވެ. މި ފަހަކަށް އަައިސް އެގައުމުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ ހޭދަ އެތައް ގުނައެއް ބޮޑުކޮށް ވަސީލަތްތަށް އިތުރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ސަމާލުކަން ވަނީ އެގައުމަށް ލިބިފައެވެ. އަދި 2036 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުގެ ގޮތުގައިވެސް ސައުދީ ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ