އޭޝިއަން ކަޕް: ސެމީ ފައިނަލްގެ ފަހު ދެޖާގަ އިރާނާއި ގަތަރަށް

އޭޝިއަން ކަޕް: ސެމީ ފައިނަލްގެ ފަހު ދެޖާގަ އިރާނާއި ގަތަރަށް
ލިޔުން:
އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ސެމީފައިލްގެ ފަހު ދެޖާގަ އިރާނާއި ގަތަރުން ކަށަވަރު ކޮށްފިއެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގެ ފަހު މެޗް ތަކުގައި އިރާން ސެމީ ފައިނަލަށް ދަތުރުކުރީ ޖަޕާން ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ރޭ ކުޅެވުނު އަނެއް މެޗްގައި ގަތަރުން ސެމީ ފައިނަލަށް ދަތުރުކުރީ އުޒްބެކިސްތާން އާއި 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
މިއާއި އެކު މި މުބާރާތުގެ ސެމީގެ 4 ޓީމް މި ވަނީ ކަޝަވަރު ވެފައެވެ. ހުކުރު ދުވަހު ކުޅެވުނު ކުއާޓާގެ ފުރަތަމަ ދެމެޗް ކާމިޔާބުކޮށް ޖޯޑަން އާއި ސައުތު ކޮރެއާ ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތަށް އަންނަ އަންގާ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި އަންގާރަ ދުވަހު ހަވީރު ރާއްޖޭގަޑިން 8:00 ގައި ބައްދަލުކުރާނީ ޖޯޑަން އާއި ސައުތު ކޮރެއާއެވެ.
އަދި ދެވަނަ މެޗްގައި ބުދަދުވަު ދުވަހުގެ ރޭ 8:00 ގައި ބައްދަލުކުރާނީ އިރާން އާއި ގަތަރެވެ.
ގަދަތުގައި މިހާރު ކުޅެވޭ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެގަޑިން 8:00 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
