މާލެ: 31°C

އޭޝިއަން ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު ދެޖާގަ ޖަޕާނާއި އިރާނަށް

February 1, 2024
22 ފަހަރު ބަލާފައި
އޭޝިއަން ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު ދެޖާގަ ޖަޕާނާއި އިރާނަށް
އޭޝިއަން ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު ދެޖާގަ ޖަޕާނާއި އިރާނަށް
އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ކުއާޓަރފައިލްގެ ފަހު ދެޖާގަ ޖަޕާނާއި އިރާނުން ކަށަވަރު ކޮށްފިއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ދެވަނަ ބުރުގެ ފަހު މެޗް ތަކުގައި ޖަޕާން ކުއާޓަރ ފައިނަލަށް ދަތުރުކުރީ ބަހްރެއިން ގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ކުރިހޯދައިގެންނެވެ. ރޭ ކުޅެވުނު އަނެއް މެޗްގައި އިރާން ކުއާޓަރ ފައިނަލަށް ދަތުރުކުރީ ސީރިއާ އާއި 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ރޭގެ މެޗް ފެށިގެން ފުރަތަމަ ހާފްގައި މޮޅަށް ކުޅެމުން ދިޔައީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ހިމެނޭ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިރާންއިންނެވެ. އިރާންއިން ގިނަ ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅުން ނަމަވެސް މެޗްގައި ދެޓީމްގެ ފަރާތުން ފެނިގެންދިޔަ ދެގޯލްވެސް ފެނިގެން ދިޔައީ ދެ ޕެނަލްޓީއިންނެވެ. 1-1 ގެ ނަތީޖާއިން އެއްވަރުވުމުން އިތުރުވަގުތު ހަމަވުމަށްފަހު ޖެހި ޕެނަލްޓީގައި އިރާން ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލްގެ މެޗްތަށް އަންނަ ހުކުރުގައި ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ހުކުރު ދުވަހު ހަވީރު ރާއްޖޭގަޑިން 4:30 ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއި ޖޯޑަންއެވެ. އަދި ދެވަނަ މެޗްގައި ހުކުރު ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ އޮސްޓްރޭލިޔާއާއި ސައުތުކޮރެއާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ