މާލެ: 31°C

އާސެނަލް ކުޅުންތެރިން ނަމާދުކުރުމަށް އެމިރޭޓްސް ސްޓޭޑިއަމްގެ ރޫމެއް ހާއްސަކޮށްފި

March 12, 2024
6 ފަހަރު ބަލާފައި
އާސެނަލް ކުޅުންތެރިން ނަމާދުކުރުމަށް އެމިރޭޓްސް ސްޓޭޑިއަމްގެ ރޫމެއް ހާއްސަކޮށްފި
އާސެނަލް ކުޅުންތެރިން ނަމާދުކުރުމަށް އެމިރޭޓްސް ސްޓޭޑިއަމްގެ ރޫމެއް ހާއްސަކޮށްފި
އާސެނަލުން އެ ކްލަބުގެ މުސްލިމު ކުޅުންތެރިންނަށް ނަމާދު ކުރެވޭނޭހެން، އެމިރޭޓްސް ސްޓޭޑިއަމްގައި ރޫމެއް ހާއްސަކޮށްފިއެވެ. ރަމަޟާންމަހާ ދިމާކޮށް އެމިރޭޓްސް ސްޓޭޑިއަމްގައި ގާއިމްކުރި މި ނަމާދުކުރާ ތަން ތައާރަފްކޮށްދީފައިވަނީ އާސެނަލަށް ކުޅެމުން އަންނަ މުހައްމަދު އެލްނިނީއެވެ. އެލްނިނީ އަކީ އާސެނަލްގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އެ ކްލަބްގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުންތެރިންނަށް ހާއްސަކޮށްގެން ގާއިމްކުރި ނަމާދުކުރާ ކޮޓަރިއާ ގުޅޭގޮތުން އެލްނިނީ ބުނީ، މިއީ ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުންކަމަށެވެ. "މިފަދަ ހެޔޮ މައްސަރެއްގައި ދުއާކުރުމަށް ފުރުސަތު ލިބިގެންދިއުމަކީ ހަމަ ގައިމުވެސް އޭގެ ސަބަބުން އަހަރެމެންނަށް ހެޔޮ ބަދަލުތަކެއް އަންނާނޭކަމެއް" އެލްނިނީ ބުންޏެވެ. https://twitter.com/ElNennY/status/1767260426255888443?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1767260426255888443%7Ctwgr%5E814cb82cb06dcdab0722f93dd4b3540f07820b3d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.pulsesports.ng%2Ffootball%2Fstory%2Farsenal-open-prayer-room-to-change-the-lives-of-players-amid-important-month-of-ramadan-2024031121293547838 އާސެނަލްގައި މިވަގުތު ތިބި ފާހަގަކޮށްލެވޭ މުސްލިމް ކުޅުންތެރިންގެ ތެރޭގައި މުހައްމަދު އެލްނިނީގެ އިތުރުން ތޯމަސް ޕަޓޭ  ފާހަގަކޮށްލެވެއެވެ. އާސެނަލަކީ މީގެ ކުރިންވެސް ގިނަ އަދަދަކަށް މުސްލިމް ކުޅުންތެރިން ކުޅުނު ކްލަބެކެވެ. މިގޮތުން މެސިތް އޮޒިލް، މުސްތާފީ، ޒަކާ، ސައީދު ކޮލަސިނަކް ފާހަގަކޮށްލެވެއެވެ. އާސެނަލުން މުސްލިމް ކުޅުންތެރިންނަށް ހާއްސަކޮށް ނަމާދުކުރުމަށް ވަކި ތަނެއް ހަމަޖައްސާފައިވާއިރު، މެސިތު އޮޒިލް މައްސަލާގައި އާސެނަލުން ކަންކަން ކުރުމުގައި މުސްލިމުން ތަފާތުކުރާކަމަށް އާސެނަލްގެ މުސްލިމް ސަޕޯޓަރުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ޗައިނާގައި އުޅޭ އުއިގަރ މުސްލިމުންނަށް އޮޒިލް ތާއީދުކުރުމުން ކްލަބުން އޭނާއާ މެދު ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް އާސެނަލަށް ނިސްބަތްވާ ސަޕޯޓަރުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ