މާލެ: 31°C

އާސެނަލްގެ ޒުވާން ޑިފެންޑަރ އައިޑެން މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި

February 1, 2025
231 ފަހަރު ބަލާފައި
އާސެނަލްގެ ޒުވާން ޑިފެންޑަރ އައިޑެން މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި
އާސެނަލްގެ 18 އަހަރުގެ އިނގިރޭސި ޑިފެންޑަރ އައިޑެން ހެވަން 4 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ 18 އަހަރުގެ އިނގިރޭސި ޑިފެންޑަރ އައިޑެން ހެވަން 4 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އައިޑެން ހެވަން ގެ އަގު ހާމަކޮށްފައިނުވާ ކޮންޓްރެކްޓާ ގުޅޭގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ބުނީ، އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ ވަގުތުން ފުރަތަމަ ޓީމުގެ ސްކޮޑާ ގުޅޭނެ ކަމަށެވެ. އުމުރުން 13 އަހަރުގައި 2019 ވަނަ އަހަރު އާސެނަލާ ގުޅުނު ޒުވާން ކުޅުންތެރިޔާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ޕްރެސްޓަންގައި އީއެފްއެލް ކަޕް ކާމިޔާބުކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސީނިއާ ކެރިއަރު ފަށައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭސަން ވިލްކޮކްސް ބުނީ އައިޑެން މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުން އުފާކުރާ ކަމަށާއި، އޭނާ އަކީ މިހާރުވެސް ވަރަށް ހުނަރުވެރި ޑިފެންޑަރެއް ކަމަށާއި އޭނާގެ ކުރިއެރުން އެންމެ ފުރިހަމަ ކުރުމަށްޓަކައި މެންޗެސްޓަރ ގެ ފުރަތަމަ ސްކޮޑުން ޖާގަދޭން ތައްޔާރު ކަމަށެވެ.

ޖޭސަން އިތުރަށް ބުނެފައިވަނީ އެ ކްލަބަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ މޮޅު ޓްރެކް ރެކޯޑެއް އޮތް ކްލަބެއް ކަމަށާއި، ގަބޫލުކުރެވެނީ އައިޑެން ހުރީ އޭނާގެ ގާބިލުކަމާ ދައްކާލުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ