އާރްޖިތު ޓަނޭޖާ އާއި ސްރީތީ ޖާގެ ގުޅުމުގައި އެންމެ ބޮޑު ބިރަކީ ކޮބަ؟

އާރްޖިތު ޓަނޭޖާ އާއި ސްރީތީ ޖާގެ ގުޅުމުގައި އެންމެ ބޮޑު ބިރަކީ ކޮބަ؟
ލިޔުން:
ޒީޓީވީ އިން މިހާރު އަލަަށް ދައްކަން ފަށާފައިވާ "ކެއިސޭ މުޖޭ ތުމް މިލް ގައޭ" ސީރީޒްގެ އެކްޓަރުން ކަމަށްވާ ސްރީތީ ޖާ އާއި އަރްޖިތު ޓަނޭޖާ ވަނީ ގުޅުމަކާ މެދު އެންމެ ބޮޑަށް އޮންނާނެ ބިރުވެރިކަން ހިއްސާ ކޮށްފައެވެ.
ދާދި ފަހުން ސްރީތީ އާއި އަރްޖިތު ތަނޭޖާ ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ޕިންކްވިލާގަައި ކުރިޔަށްގެންދިޔަ މަޖާ ސެގްމަންޓެއްގައި ބައިވެރިވެ އެ ދެމީހުންގެ ބައެއް ސިއްރުތައް ހާމަކޮށްފައެވެ. މީގެ އިތުރުން އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުންނާއި، އެމީހުންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ދިރިއުޅުމުގެ ވިސްނުމުގެ ވާހަކަވެސް ވަނީ ހިއްސާ ކޮށްފައެވެ.
އެ ސެގްމަންޓުގައި ގުޅުމެއްގައި އެންމެ ބޮޑު ބިރަކީ ކޮބައި ތޯ އެ ދެމީހުންނާ ސުވާލު ކުރުމުން އަރްޖިތު އަވަސް އަވަހަށް ޖަވާބު ގައި ބުނީ " ހަމަ ޔަގީނުން ވެސް ރުޅިވުން" ކަމަށެވެ.
ގުޅުމުގެ ފުރަތަމަ މަރުހަލާގައި ރުޅިވާން ބިރުގަންނަތޯ ސުވާލު ކުރުމުން އަރްޖިތު ބުނީ އެއީ ފުރަތަމަ ދުވަހުން ފެށިގެން ބިރެއް ނޫން ކަމަށާއި، އެކަމަކު ރުޅިވާ އިރު ރުޅި ވުމަކީ ކޮންކަހަލަ އިހުސާސެއްކަން އެނގޭނެ ކަމަށެވެ. އަދި ގުޅުމަކުން ނިކުމެވޭނީ އެންމެ ދެ ކަމަކުން ކަމަށާއި އެއީ ވަކިވުން ނުވަތަ ކައިވެނި ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.
މި ސުވާލަށް ސްރީތީ ބުނީ އޭނާ ދެމީހުންނަށް ވެސް ބިރުގަންނަ ކަމަށެވެ. އެހެން ބުނުމުން އެއަށް އެއްބަސްވަމުން އަރްޖިތު ބުނީ އޭނާ ވެސް ދެ މީހުންގެ ގުޅުން ކެނޑިދާނެތީ ބިރު ގަންނަ ކަމަށެވެ. އެހެން ކަމުން ކަިވެންޏެއް ކުރަން ވެސް އަދި ދެމީހުންގެ ގުޅުން ކެނޑޭކަށް ވެސް ބޭނުން ނުވާ ކަމަށް އަރިޖިތް ބުންޏެވެ.
މި ދެމީހުން ބޮޑަށް މަޝްހޫރުވެފައި ވަނީ ޒީޓީވީން މިހާރު ވެސް ދައްކަމުންދާ ޑްރާމާ ސީރީޒް ކުމްކުމް ބަގްޔާ އިންނެވެ. އެ ޑްރާމާގައި ސްރީތީ އާއި އަރްޖިތު މުހިންމު ރޯލުތަކެއް ކުޅުނުއިރު، ޝޯގައި އެމީހުންގެ ޓްރެކާއި އެކްޓިން އަށް ބެލުންތެރިން ވަރަށް ލޯބިކުރި އެވެ. ޝޯއަށް ފަހު ވެސް ސްރީތީ އާއި އަރްޖިތު ވަނީ އެންމެ ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި އެކުވެރިކަން ދަމަހައްޓާފައެވެ.
މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު ޕްރިމިއާ ކުރި މި ޑްރާމާ ދަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ. މި ޑްރާމާގައި ސްރީތީ އަމްރޫތާގެ ރޯލު އަދާކުރާއިރު އަރްޖިތު އަދާކުރަނީ ވިރާތުގެ ރޯލެވެ.
ވިރާތު އަކީ ކައިވެނީގެ ގުޅުން ގަބޫލުކުރާ މީހަކަށް ނުވާ އިރު އަމްރިތާ ގަބޫލު ކުރާ ގޮތުގައި އެފަދަ ކޮންމެ ގުޅުމަކީ ވެސް ވަރަށް މާތް ގުޅުމެކެވެ. މި ޝޯގައި ފެންނަނީ އަމްރޫތާ އާއި އަރްޖިތު ގުޅުންތަކާ މެދު ވިސްނާ ގޮތުގެ ސަބަބުން އެ ދެމީހުން ވެސް ވަރަށް ތަފާތު ދެމީހެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
