މާލެ: 31°C

އާޖެންޓީނާގެ 19 އަހަރުގެ ޑިފެންޑަރ އެންސެމީނޯ ގެ ސޮއި ޗެލްސީން ހޯދައިފި

August 8, 2024
2 ފަހަރު ބަލާފައި
އާޖެންޓީނާގެ 19 އަހަރުގެ ޑިފެންޑަރ އެންސެމީނޯ ގެ ސޮއި ޗެލްސީން ހޯދައިފި
އާޖެންޓީނާގެ 19 އަހަރުގެ ޑިފެންޑަރ އެންސެމީނޯ ގެ ސޮއި ޗެލްސީން ހޯދައިފި
15.6 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެދަށުން އާޖެންޑީނާގެ ބޮކާޖޫނިއާސްގެ ޑިފެންޑަރ 19 އަހަރުގެ އެންސެމީނޯ އިނގިރޭސި ޕްރްިމިއާރ ލީގުގެ ކުލަބް ޗެލްސީއާ ގުޅިއްޖެއެވެ. އާސެލްމިނޯގެ ޗެލްސީއާއި ގުޅިފައިވަނީ 7 އަހަރުގެ ކޮންޓްރެކްޓެއްގައެވެ. މި ހޫނު މޫސުމުގެ ޓްރާންފަރ މާކެޓްގައި ޗެލެސީންވަނީ ޓޮސިން އަޑަރަބިޔޯ، އެސްޓެވާއޯ ވިލިއަން، އޮމަރީ ކެލީމަން، ފިލިޕް ޖޯޖެންސަން، މާކް ގުއިއު އަދި ކިއާނާން ޑިއުސްބަރީހޯލް ގެ ސޮއި އެޓީމުން ހޯދާފައެވެ. އަދި އެޓީމުން ޓްރަންސްފާ ބާޒާރުގައި ކުޅުންތެރިންވިއްކައިގެން މިހާތަނަށް 90 މިލިއަން ޕައުންޓްގެ އާމްދަނީއެއް ހޯދާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ ޓީމުން ވިއްކާލި ކުޅުންތެރިންގެ ތެރޭގައި އިޔަން މާޓްސެން، ލުއިސް ހޯލް އަދި އޮމަރީ ހަޗިންސަން ހިމެނެއެވެ. އަދި އެ ޓީމުގެ ކޮނޯރ ގައްލަގާ ސްޕައިންގެ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ މަޝްވަރާތައްވެސް ދަނީ ކުރެވެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ