މާލެ: 31°C

އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާންގެ ފުރަތަމަ ފިލްމު މިމަހު 14 ގައި ނެޓްފްލިކްސް އަށް އަންނަނީ

June 8, 2024
9 ފަހަރު ބަލާފައި
އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާންގެ ފުރަތަމަ ފިލްމު މިމަހު 14 ގައި ނެޓްފްލިކްސް އަށް އަންނަނީ
އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާންގެ ފުރަތަމަ ފިލްމު މިމަހު 14 ގައި ނެޓްފްލިކްސް އަށް އަންނަނީ
ބޮލީވްޑްގެ ސްޕަރސްޓަރ އާމިރު ޙާން ގެ ދަރިފުޅު ޖުނައިދު ޙާން ބޮލީވްޑް އަށް ތަޢާރަފްވާ ފިލްމު މިމަހުގެ 14 އިން ފެށިގެން ނެޓްފްލިކްސް ފެންނާނެކަމަށް ނެޓްފްލިކްސް އިން ޢިއުލާނުކޮށްފިއެވެ. ޔަޝްރާޖް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ މި ފިލްމުގައި ޖުނައިދު ޙާން ކުޅެފައިވަނީ އަންހެނުންގެ ހައްގުތަކާއި އިޖުތިމާއީ ހައްގުތަކަށް ވަކާލާތުކުރާ ކަރުސަންޖާ މުލްޖީ ކިޔާ ނޫސްވެރިއެއްގެ ރޯލެވެ. އެ ރޯލުން ފެނިގެންދަނީ ބާރުގަދަ ވެރިއަކާއި ބިރުކުޑަ ނޫސްވެރިއެއްގެ މެދުގައި ހަގީގަތް ހޯދަން ކުރާ ހަނގުރާމައެކެވެ. މި ފިލްމަކީ 1861 ވަނަ އަހަރު ޖަދުނާތުޖީ މަހަރާތު ކިޔާ ވެރިއަކު ކަރުސަންޖާ މުލްޖީ ކިޔާ ނޫސްވެރިޔަކާއި ދެކޮޅަށް ބޮމްބޭ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އެދުވަސްވަރު ހިނގާފައިވާ ހާދިސާތަކެއްގެ މަށްޗައް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ނޫސްވެރިޔާގެ ރޯލަށް ފިޓްވުމަށްޓަކައި ޖުނައިދު ޙާންވަނީ 26 ކިލޯ ހިއްކައި ހަށިގަނޑަށް ވަރަށްބޮޑު ބަދަލެއް ގެނެސްފައެވެ.              

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ