މާލެ: 31°C

އާމިރް ޚާންގެ އަންހެން ދަރިފުޅު އިރާ ޚާންގެ ކައިވެނި ވަރަށް ތަފާތު

January 4, 2024
7 ފަހަރު ބަލާފައި
އާމިރް ޚާންގެ އަންހެން ދަރިފުޅު އިރާ ޚާންގެ ކައިވެނި ވަރަށް ތަފާތު
އާމިރް ޚާންގެ އަންހެން ދަރިފުޅު އިރާ ޚާންގެ ކައިވެނި ވަރަށް ތަފާތު
ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން ކައިވެެނިކޮށްފިއެވެ. އެކައިވެނީގައި އިންޑިއާގެ އާންމު ސަގާފަތާ ހިލާފު ކަންކަން ހުރުމުން ގިނަ ބަޔަކު ދަނީ އެވާހަކަ ދައްކަމުންނެވެ. އިރާ ޚާންގެ ކައިވެނީގެ ރަސްމިއްޔާތަަަށް، ފިރިމީހާ ނުޕުރް ދިއައީ، ކޮނޑުކެނޑިއަކާ ސޯޓެއް ލައިގެން ފައިމަގުގައި ޖޮގިން ކޮށްފައެވެ. ކައިވެނި ކުރީ ރަޖިސްޓްރީކޮށްގެނެވެ. ހިންދީ ސަގާފަތާ އެއްގޮތަކަށް ނޫނެވެ.   ދެން ފެނިގެން ދިޔަ ތަފާތު ކަމަކީ ކައިވެނީގެ ހެދުމުގައި ތިބި އިރު އެ ދެމަފިރިން އަރާފައި ތިބި ފައިވާނެވެ. އާދައިގެ ފައިވާނަަށް އަރާފައި ތިބި އިރު އިރާ ހުރީ އިންޑިއާ ބްރައިޑުން އަޅާ ތަނޑިބައިގެ ބަދަލުގައި އަތުގައި ސްމާޓް ގަޑި އަކާއި ވަރަށް އާދައިގެ ބޭންޑްއެއް އަޅައިގެންނެވެ.   އިރާގެ ތަފާތު ސްޓައިލް ގިނަބަޔަކަށް ކަމުގޮސްފައިވާ އިރު އެއްބަޔަކު ބުނަނީ އެއީ އިންޑިއާގެ ސަގާފަތަށް އިޚުތިރާމް ނުކުރުން ކަމަށެވެ. އަދި މުސްލިމުން ހެދުން އެޅުމުގެ މިންގަޑާ ހިލާފުކަމަށް ވެސް ބައެއް މީހުން ފާޑުކިޔާފައިވެއެވެ. ކައިވެނީގެ ހަފްލާގެ ފޮޓޯތަކާއި ވީޑިއޯ ތަކުން އެންމެ ގިނަބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، އާމިރު ޚާންގެ މުޅި އާއިލާ އެކުގައި ނެގި ފޮޓޯއަށެވެ. އާމިރް ޚާންގެ ކުރީގެ ދެ އަނބިން ކަމަށްވާ، ރީނާ ދަތް އާއި ކިރަން ރާއޯ ގެ އިތުރުން ތިން ދަރިން ވެސް އެ ފޮޓޯއިން ފެނެއެވެ. އަދި އެ ފޮޓޯ ނެގުމުގައި، އާމިރު ކިރަން ގެ މޫނަށް ބޮސްދެނިކޮށް ވެސް ފެނެއެވެ. އާމިރް ޚާން އަކީ ވަރި ވުމަށް ފަހުގައި ވެސް ކުރީގެ އަނބިންނާއި އެކުވެރި ގުޅުން ބާއްވާ، ކުދިންގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރާތަން ފެންނަ ބައްޕައެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ