މާލެ: 31°C

އަމަލާ ޕޯލް އިނީ އަލަތު ދަރިފުޅަށް ބަލިވެ

January 4, 2024
3 ފަހަރު ބަލާފައި
އަމަލާ ޕޯލް އިނީ އަލަތު ދަރިފުޅަށް ބަލިވެ
އަމަލާ ޕޯލް އިނީ އަލަތު ދަރިފުޅަށް ބަލިވެ
ދެކުނު އިންޑިއާގެ މައްޝްހޫރު ފިލްމީ ތަރި އަމަލާ ޕޯލް އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ. އަމަލާ އޭނާގެ ގިނަ ދުވަސް ވީ ލޯބިވެރިޔާ ޖަގަތު ދޭސައި ކައިވެނި ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ދެމަފިރިން އިންސްޓަގްރާމްގައި މި އުފާވެރި ހަބަރު އިއުލާނުކޮށް ޕޯސްޓެއް ހިއްސާކުރިއިރު، އެ ޕޯސްޓުގައި ބަތަލާ އޭނާގެ "ބެބީ ބަމްޕް" ދައްކާލާ މަންޒަރު ފެނެ އެވެ. މި އުފާވެރި ހަބަރު އިއުލާނު ކުރުމުން އެ ޕޯސްޓަށް ދެކުނު އިންޑިއާގެ މައްޝްހޫރު ގިނަ ފިލްމީ ތަރިން ވަނީ އެ ދެެމަފިރިންނަށް މަރުހަބާ ކިޔާފަ ކޮމެންޓް ކޮށްފައެވެ. އެގޮތުން އަނޫރާގް ކަޝްޔަޕް، ރޭޗަލް މާނޭ، ސްރީނިޝް އަރަވިންދު، އަދި ޖުވެލް މެރީ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ