މާލެ: 31°C

އަލީއެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ޑޭވިޑް ބެކަމް ހަމަޖައްސައިފި

May 28, 2024
2 ފަހަރު ބަލާފައި
އަލީއެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ޑޭވިޑް ބެކަމް ހަމަޖައްސައިފި
އަލީއެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ޑޭވިޑް ބެކަމް ހަމަޖައްސައިފި
ޗައިނާގެ މަސްހޫރު ޓެކްނޮލޮޖީ ކުންފުނި އަލީބާބާގެ އޮންލައިން ރީޓެއިލް ޕްލެޓްފޯމެއް ކަމަށްވާ އަލީ އެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރަކަށް އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހަމަޖައްސައިފިއެވެ. އަންނަމަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފްޓްބޯޅަ މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ޔުއެފާއާ އެކު އެކްސްކްލޫސިވް އީ-ކޮމާސް ޕްލެޓްފޯމް ޕާޓްނާޝިޕަކަށް އަލީއެކްސްޕްރެސް އިން މީގެކުރިން ވަނީ އެއްބަސްވެފައެވެ. ބެކަމްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޔޫރޯ މުބާރާތާ ގުޅިގެން އަލީއެކްސްޕްރެސް އިން ކުރިއަށްގެންދާ ސްކޯ މޯ ޕްރޮމޯޝަން ގޭމްސްތަކުގައި ބެކަމް ފެނިގެންދާނެއެވެ. ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް  އަލީ އެކްސްޕްރެސްއިން އިނޮވޭޓިވް "ޝޭކް އެންޑް ވިން" ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ގޭމެއްގެ ކޮންމެ އަމާޒަކަށް ފަހު ޓައިމް ލިމިޓެޑް އިނާމުތަކެއް ލިބޭނެ އެވެ. އަލީ އެކްސްޕްރެސް އެޕްލިކޭޝަނަށް ލޮގިންވެ ގޯލް ޖަހާ ވަގުތު ފޯނު ތަޅުވައިގެން ރަނގަޅު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އަލީ އެކްސްޕްރެސް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ ޖަރުމަނުގެ 10 ސިޓީއެއްގައި ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫރޯ މުބާރާތުގައި ޖުމްލަ 2.7 މިލިއަން ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ