މާލެ: 31°C

އާލިއާގެ ފުރަތަމަ މެޓް ގާލާގެ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފް!

May 2, 2023
2 ފަހަރު ބަލާފައި
އާލިއާގެ ފުރަތަމަ މެޓް ގާލާގެ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފް!
އާލިއާގެ ފުރަތަމަ މެޓް ގާލާގެ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފް!
އިއްޔެ އެމެރިކާގެ ނިއު ޔޯކްގައި ފެށި މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ. ގިނަ ބަޔަކު އިންތިޒާރުކުރި މެޓް ގާލާ ޑެބިއުގައި އާލިއާ ފެނިފައިވަނީ ވަރަށް ސާދާކޮށް ފަރުމާކޮށްފައިވާ ހުދު ކުލައިގެ ބްރައިޑަލް ގައުންއެއްގައެވެ. އެ ހިތްގައިމު ގައުން ތައްޔާރުކޮށްފައި ވަނީ 100،000 މުތް (ޕާލް) ބޭނުންކޮށްގެނެވެ. އާލިއާ އެ އިވެންޓްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ އޭނަގެ އެ ލުކްގެ އިންސްޕިރޭޝަނަކީ ކުރީގެ ސުޕަމޮޑެލް ކްލައުޑިއާ ޝިފާގެ 1992 ގެ ޝެނެލް ބްރައިޑަލް ލުކް ކަމަށެވެ. މިއަހަރުގެ މެޓް ގާލާގެ ތީމަކީ 2019 ގައި މަރުވި ޖަރުމަންގެ ފެޝަން ޑިޒައިނަރު ކާލް ލެގަފީލްޑް ގުޅުވައިގެން "ކާލް ލެގަފީލްޑް: އަ ލައިން އޮފް ބިއުޓީ" އެވެ. އެގޮތުން އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އިންސްޕިރޭޝަންގެ ފަހަތުގައިވާ ތަފްސީލުތައް ހިއްސާކޮށް، އޭނާގެ ގައުން ޑިޒައިން ކުރި ޕްރަބަލް ގުރޫންގް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ހުނަރުވެރި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ އަޔާން މުކަރްޖީގެ "ބްރަހްމާސްތްރާ" އިން އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރާ އެކުގައެވެ. ދެން އާލިއާ ފެނިގެންދާނީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ކަމަށާއި އެ ފިލްމުގައި ރަންވީރު ސިންގް، ދަރްމެންދްރާ، ޖަޔާ ބައްޗަން، އަދި ޝަބާނާ އަޒްމީ ވެސް ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން އާލިއާ ވަނީ ހޮލީވުޑްގައި ފުރަތަމަ ފަހަރަށް އެކްޝަން ތްރިލާ "ހާޓް އޮފް ސްޓޯން" ނަމަކަށް ކިޔާ ފިލްމެއް ވެސް ކުޅެފައެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި އެ ފިލްމުގެ ކާސްޓްގައި އާއިލާ ގެ އިތުރުން ގަލް ގެޑޯ އާއި ޖެމީ ޑޯނަން ފެނިގެންދާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ